Advertisement

މިހާރު އޮތީ ރަބާ ސްޓޭމްޕް ޖަހާ, ރައީސުލްޖުމްހޫރިއްޔާގެ މަޖިލީހެއް: ކުޑޫ

16 އޮގަސްޓު 2024 - 11:54 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ): މިހާރު އޮތީ ރަބާ ސްޓޭމްޕް ޖަހާ ރައީސުލްޖުމްހޫރިއްޔާގެ މަޖިލީހެއް ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ


މިހާރު އޮތީ ރަބާ ސްޓޭމްޕް ޖަހާ, ރައީސުލްޖުމްހޫރިއްޔާގެ މަޖިލީހެއް: ކުޑޫ

16 އޮގަސްޓު 2024 - 11:54 0

މިހާރު ރާއްޖޭގައި އޮތީ ރައްޔިތުންގެ މަޖިލިސްގެ ބަދަލުގައި، ރަބާ ސްޓޭމްޕް ޖަހާ ރައީސުލްޖުމްހޫރިއްޔާގެ މަޖިލީހެއް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި މުހައްމަދު އިބްރާހިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއަކީ ގާނޫނު ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށްވާއިރު އެ ދެ ކަންތައް ވެސް މިހާރު އޮތް މަޖިލީހަށް ނުކުރެވޭ ކަމަށެވެ.

"ޖަލްސާގެ އެޖެންޑާ ލިބެނީ ޖަލްސާ އޮންނަ ދުވަހުގެ ކުރީ ރޭ ދަންވަރު. ބަހުސްކުރާއިރު އެތަކެއް ދުއްތުރާތަކެއް ދިމާވޭ. އަޅުގަނޑުމެންގެ ގާނޫނީ ޒިންމާ އަދާކުރަން ހުރަސް އެޅޭ. މިހާރު މަޖިލީހެއް ނޫން މިއޮތީ. މިހާރު މިއޮތީ ރައީސުލްޖުމްހޫރިއްޔާގެ މަޖިލީހެއް. މިހާރު މިއޮތީ ރަބާ ސްޓޭމްޕް ޖަހާ މަޖިލީހެއް،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

ދައުލަތުގެ އެންމެ އަސާސީ ސިފައަކީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް އޮތުންކަން ފާހަގަކުރައްވާ މުހައްމަދު އިބްރާހިމް ވިދާޅުވީ އެއް ބާރުން އަނެއް ބާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމުގެ ބޭނުމަކީ ރައްޔިތުންގެ ކަންކަމުގައި އެއްވެސް މީހަކަށް ފަރުވާކުޑަކުރުވިޔަ ނުދީ އިހުމާލު ހުއްޓުވުން ކަމަށެވެ.

ސަރުކާރުގެ މެންމްބަރުން އެ މެންބަރުންގެ ދާއިރާތަކުގެ ރައްޔިތުންގެ ހައްގުގައި ކަމެއް ނުކޮށް، އެމްޑީޕީން ކުރާ މަސައްކަތަށް ހުރަސްއަޅާނަމަ ހަނާވަނީ ރައްޔިތުން ކަމަށް ވެސް މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

މީގެ އިތުރުން މުހައްމަދު އިބްރާހިމް ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ދެން ވެސް މަސައްކަތް ކުރާނީ އެމްޑީޕީ ކަމަށާއި އެކަން ބަދަލު ނުކުރާނެ ކަމަށެވެ.