Advertisement

އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން އެމްޑީޕީން ހުށަހަޅަނީ

16 ޑިސެންބަރު 2024 - 12:00 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް: އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން އެމްޑީޕީން ހުށަހަޅާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ


އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން އެމްޑީޕީން ހުށަހަޅަނީ

16 ޑިސެންބަރު 2024 - 12:00 0

ތިން މިނިސްޓްރީއެއް އަނދައި އަޅިއަށްވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) އިން އެދެން ނިންމައިފި އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ އަލިފާނުގެ މަޖިލިސް ޗުއްޓީގައި އޮތުމާ އެކު ހާދިސާއާ ގުޅިގެން އެއްވެސް ކަމެއް މަޖިލިސް ތެރެއިން ނުކުރެވުމުން، މަޖިލީހުގެ ކުއްލި ޖަލްސާއެއް ބޭއްވުމަށް އެދޭނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލިސް ތެރެއިން އަޅުގަނޑުމެން އެމްޑީޕީ ޕީޖީ ގްރޫޕުން އެބަ އެދެން ޖަލްސާއެއް ބާއްވައި ދިނުމަށް އެދި މިއަދުގެ ވަގުތެއްގައި މަޖިލިސް ރައީސްއަށް ސިޓީ ފޮނުވާނަން. އޭގެ އިތުރަށް އަޅުގަނޑުމެން އެހެން މިދެންނެވީ މަޖިލިސް މި މަހު 15 ވަނަ ދުވަހާ ހިސާބަށް ކުރިއަށް ދާ ގޮތަށް އޮވެފައި ކުއްލި ގޮތަކަށް ބުރާސްފަތި ދުވަހު މަޖިލިސް ޗުއްޓީއަށް އިއްތިފާގުން މިދިޔައީ،" އޭނާ ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާ ހިނގައި ދިޔަ ގޮތުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމީޓީގައި އެމްޑީޕީގެ ޕީޖީން އެދޭނެ ކަމަށް ނާޒިލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15، އަށް ދަންމާލަން މިދިޔަ ނޮވެމްބަރު 27، ގައި ނިންމި ނަމަވެސް، އޭގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހު މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފަ އެވެ.

މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ޖުމްލަ މެންބަރުންގެ 1/3 މެންބަރުންގެ ސޮއި ހަމަކޮށްގެންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މި އަހަރު ޖަލްސާއެއް ބޭއްވި އެވެ.