Advertisement

މިއަދު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ: މެޓް އޮފީސް

16 އޮގަސްޓު 2024 - 10:38 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލެއަށް ބޯކޮށް ވާރޭ ވެހުން: މުޅި ރާއްޖެއަށް މިއަދު މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މިއަދު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ: މެޓް އޮފީސް

16 އޮގަސްޓު 2024 - 10:38 0

މިއަދު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.

މެޓްއިން ލަފާކުރާ ގޮތުގައި މޫސުން އެންމެ ބޮޑަށް ގޯސްވާނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށެވެ.

އެގޮތުން އެ ސަރަހައްދަށް ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުލާނެ ކަމަށް ވައިޓް އެލާޓް ނެރުމުުގެ އިތުރުން ވައި ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.

"ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ،" މެޓް އިން ބުންޏެވެ.

މެޓް އިން ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވެސް ވައިޓް އެލާޓް ނެރެފަ އެވެ.

އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުރުން، އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނެއްގައި ވައި ޖެހި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވުމުގެ އިތުރުން ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެ އެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހުނީ ހއ. ކެލާއަށެވެ. އެއީ 63.5 މިލިމީޓަރުގެ ވާރޭ އެވެ. ރ. އިފުރަށް 51.5 މިލިމީޓަރުގެ ވާރޭ ވެހުނުއިރު އއ. ތޮއްޑޫއަށް ވަނީ 48.4 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވެގެން އުޅޭތާ ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ. އެގޮތުން ބައެއް ރަށްތަކަށް ވަނީ އެކި ވަރުގެ ގެއްލުން ވެސް ވެފަ އެވެ.