Advertisement

ގުޅީފަޅު ޕޯޓު އަޅަން ހަމަޖެއްސި ލޯނުން 4000 ހައުސިން ޔުނިޓު އަޅަނީ

14 އޮގަސްޓު 2024 - 15:19 0

އަމަން ހަލީމް

އަމަން ހަލީމް

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ ފްލެޓުތައް: މިއީ ވެސް އިންޑިއާގެ ލައިން އޮފް ކްރެޑިޓުން ފަންޑުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށް -- ފޮޓޯ: މިރާން ނާޝިމް/އަދަދު


ގުޅީފަޅު ޕޯޓު އަޅަން ހަމަޖެއްސި ލޯނުން 4000 ހައުސިން ޔުނިޓު އަޅަނީ

14 އޮގަސްޓު 2024 - 15:19 0

ގުޅީފަޅުގައި އިންޓަނޭޝަނަލް ޕޯޓު ތަރައްގީކުރަން އިންޑިއާގެ އެގްޒިމް ބޭންކުން ފައިސާ ބޭނުންކުރާނީ ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެމްބަރަކު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަފީގު ވިދާޅުވީ އިންޑިއާ ސަރުކާރު މެދުވެރިވެގެން އެގްޒިމް ބޭންކުން ހަމަޖައްސާފައިވާ ލައިން އޮފް ކްރެޑިޓުގައި ބާކީ 300 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. އެގްޒިމް ބޭންކުން ދޫކުރީ 800 މިލިއަން ޑޮލަރުގެ ކްރެޑިޓު ލައިނެކެވެ.

އެގޮތުން ޝަފީގު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މިގޮތަށް ހަމަޖެހިފައި ހުރި ފައިނޭންސިން ބޯހިޔާވަހިކަމަށް ބޭނުންކުރެވޭނެ ގޮތެއް ހޯދަން ކަމަށެވެ. އެއީ މި ދައުރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ޓޯޓަލް ސޮލިއުޝަނަކަށް ދާން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ވިސްނުމާ އެއްގޮތަށް ކުރާ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ހާއްސަ އިސްކަމެއް، ހައުސިންއަށް ހާއްސަ އިސްކަމެއް ދެއްވާތީ ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ހައުސިން މަޝްރޫއުތައް ފަށައި، އެ ހައުސިންއަށް ސޮލިއިޝަންއެއް ހޯދައިދެއްވުން," ޝަފީގު ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ އެ ފައިސާ ބޭނުންކޮށްގެން 4000 ފްލެޓު އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލުތަކެއް އޭނާ ކޮމިޓީގައި ނުދެއްވަ އެވެ.

މީގެ ކުރިން ވެސް ޝަފީގު ވަނީ، މި ފައިސާ އެހެން ބޭނުންތަކަށް ބޭނުންކުރަން ސަރުކާރުން ވިސްނާފައިވާ ކަން ހާމަކުރައްވާފަ އެވެ. އެ ދުވަހު "އަދަދު" އަށް މިނިސްޓަރު ވިދާޅުވީ އެ ފައިސާ ބޭނުންކުރާނީ އިގުތިސޯދީ ގޮތުން ރައްތިޔުންނަށް ބޭނުންތެރި އެހެން ޕްރޮޖެކްޓެއް ހިންގުމަށް ކަމަށެވެ.

މިހާރު ހުޅުމާލޭގައި އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އަޅަމުންދާ 4000 ހައުސިން ޔުނިޓަކީ އިންޑިއާ އެގްޒިމް ބޭންކުގެ ކްރެޑިޓު ލައިނުން ފަންޑުކޮށްގެން ހިންގާ މަޝްރޫއުތަކެކެވެ. މިފަހަރުގެ މަޝްހޫރު ހިންގަނީ ކޮންތަނެއްގައި ކަމެއް މިނިސްޓަރު ކޮމިޓީގައި ނުބުނެ އެވެ.

މި ސަރުކާރުން ވަނީ ގުޅީފަޅު ބޯހިޔާވަހިކަމާއި އެހެނިހެން ބޭނުންތަކަށް ހާއްސަކޮށް ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށްފައިވާ ތިލަފުށީގައި ވިޔަފާރި ބަނދަރު އަޅަން ނިންމާފަ އެވެ.