11 އޮގަސްޓު 2024 - 15:58 0
މުހައްމަދު ޝަހްޒާން
11 އޮގަސްޓު 2024 - 15:58 0
ސިނަމާލެ ހައިވޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.
ވީޑިއޯއަކާ އެކު ފުލުހުން މިރޭ ކުރި އިއުލާނެއްގައި ބުނީ ވީޑިއޯއިން ފެންނަ މީހުންނަކީ ހެންވޭރު ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދާ ބައެއް ކަމަށެވެ.
މިހާތަނަށް ކުރި މަސައްކަތުން، އެ މީހުންނަކީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާ ކަމަށް ވެސް ފުލުހުން އެ އިއުލާނުގައި ބުންޏެވެ.
ފުލުހުން އާންމު ކުރި ވީޑިއޯއިން ފެންނަނީ އެކްސިޑެންޓެއް ހިނގުމުން ސައިކަލުން ފައިބައިގެން ބަޔަކު އުޅޭ މަންޒަރެވެ. ހޯދަން ބޭނުންވާ މީހުން ވަކިން އެނގޭނެހެން ރަތް ކުލައިން ފުލުހުންގެ ވީޑިއޯގައި ފާހަގަކޮށްފައިވެ އެވެ.
ފުލުހުންގެ އިއުލާނުގައި ބުނީ ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ލަސްނުކޮށް ހެންވޭރު ފުލުހުންގެ ނަންބަރު، 9400053 އަކަށް ގުޅައި ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment