Advertisement

އޭޝިއަން އޭވިއޭޝަނުން ބަދަލު ނަގައިދޭން އެދި ޕައިލެޓު ދަރިވަރުން ހުށަހެޅި ދައުވާ ކޯޓުން ބޭރުކޮށްލައިފި

10 އޮގަސްޓު 2024 - 13:08 0

އަމަން ހަލީމް

އަމަން ހަލީމް

އައްޑޫ ފްލައިން ސްކޫލުގެ ފްލައިޓުތަކެއް: މިކުދިންގެ ކިޔެވުމަށް ފަރުވާއެއް ހޯދައިދިނީ ސަރުކާރުން ފުރުސަތުތަކެއް ފަހިކޮށްދީގެން --- ފޮޓޯ: އޭޝިއަން އެއިރޮނޯޓިކްސް


އޭޝިއަން އޭވިއޭޝަނުން ބަދަލު ނަގައިދޭން އެދި ޕައިލެޓު ދަރިވަރުން ހުށަހެޅި ދައުވާ ކޯޓުން ބޭރުކޮށްލައިފި

10 އޮގަސްޓު 2024 - 13:08 0

އައްޑޫ ސީޓިގައި އޭޝިއަން އެކެޑެމީ އޮފް އެއިރޮނޯޓިކްސްއިން ފްލައިން ސްކޫލު ހިންގި ދުވަސްވަރު ވެވުނު އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް އެތަނުގައި ބުނެ އެތަނުގައި ކިޔަވަމުން ދިޔަ ދަރިވަރުންތައް ހުށަހެޅި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.

ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅީ އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުން ދިޔަ 48 ދަރިވަރަކު ވެގެންނެވެ. ދަރިވަރުންގެ ފަރާތުން ކޯޓަށް ހުށަހެޅި ދައުވާގައި އެދުނީ އޭޝިއަން އެއިރޯނޯޓިކްސްއިން އެއިރޮނޯޓިކްސްއިން ގާނޫނާ ހިލާފަށް ޕައިލެޓު ކޯސް ކިޔަވައިދޭން ވެފައިވާ އެއްބަސްވުން ބާތިލުކުރި މައްސަލަގައި ބަދަލު ނަގައިދިނުމަށެވެ.

އެގޮތުން ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.8 މިލިއަން ޑޮލަރާއި ވަކިވަކި ފަރުވާތަކެއް ހޯދަން ކޯޓުގައި އެދުނެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅުމުން މިހާރު ހުށަހެޅިފައި އޮތް ގޮތަށް ކުރިއަށް ނުގެންދެވޭނެ ފަދަ ހާލަތެއް އުފެދިފައި އޮތް ކަމަށް ބުނެ ކޯޓުގައި އިޖުރާއީ ނުކުތާއެއް ފާހަގަކުރި އެެވެ.

މި ނުކުތާގައި އެ ކުންފުނިން ފާހަގަކުރި މައިގަނޑު މައްސަލައަކީ 48 ފަރާތުން ހުށަހެޅި ވަކިވަކިން ފަރުވާތައް ހޯދަން ހުށަހަޅާފައި ނެތުމާއި ދައުވާ ކުރިއަށް ދަނިކޮށް އެ ދައުވާގައި ހިމެނޭ ހަތް ދަރިވަރުން އޭޝިއަން އެއިރޮނޯޓިކްސްއާ ސެޓްލްމަންޓު އެއްބަސްވުން ހެދި މައްސަލަ އެވެ.

ރައްދުގައި ދައުވާ ހުށަހެޅި ދަރިވަރުންގެ ބުނީ ސެޓްލްމަންޓް އެއްބަސްވުން ހެދި ދަރިވަރުން ބަދަލުގެ ގޮތުގައި އެދިފައިވާ މިންވަރު ދައުވާ ފޯމުން ސާފު ވާނެ ކަމަށެވެ. އަދި މައްސަލަ މި ހިސާބަށް އައި ފަހުން ދައުވާ ބޭރުކޮށްލުމަކީ އެ މައްސަލައިގައި ހިމެނޭ އެހެން ދަރިވަރުންނަށް ބޭއިންސާފެއް ކަމަށް ބުނެ ދައުވާ އިސްލާހުކޮށްގެން ކުރިއަށް ގެންދަން ފުރުސަތަކަށް އެދުނެވެ.

ނަމަވެސް ކޯޓުން ނިންމީ، ދައުވާ ކުރާ ފަރާތްތަކެއް ދައުވާއިން ވަކިވެފައިވާ ވާތީ އޭޝިއަން އެއިރޮނޯޓިކްސް އިން ކޯޓުގައި ނެގި އިޖުރާއީ ނުކުތާގައި ބުނި ފަދައިން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަަމަށެވެ.

އެގޮތުން މައްސަލައިގެ ދައުވާ ފޯމު ބާތިލުކުރަން ނިންމި ސަބަބުތައް ފާހަގަކުރައްވަމުން މި މައްސަލަ ބެއްލެވި ގާޒީ ސިނާން އަލީ ބަޔާންކުރައްވާފައިވާ ގޮތުގައި، ދައުވާއިން ވަކިވީ ދަރިވަރުން އެދެނީ ކިހާ ވަރެއްގެ ފައިސާއެއްކަން ދައުވާ ފޯމުން އެނގެން ނެތެވެ.

އެހެންކަމުން މި މައްސަލައިގައި އެދިފައިވާ ފައިސާ ނޫން ފަރުވާއާ މެދު ގޮތެއް ކަނޑައަޅާ ގޮތަށް ދައުވާ އިސްލާހުކޮށްގެން ކުރިއަށް ގެންދެވެން ނެތް ކަމަށް ކޯޓުގެ ނިންމުމުގައި ވެ އެވެ.