Advertisement

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ދީފި

8 އޮގަސްޓު 2024 - 14:05 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޖަޕާނަށް މިއަދު އައި ދެ ބިންހެލުން ޔޫއެސްގީއެސް ގެ ވެބްސައިޓުން ފެންނަ ގޮތް --- ފޮޓޯ: ޔޫއެސްގީއެސް


ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ދީފި

8 އޮގަސްޓު 2024 - 14:05 0

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ނެރެފި އެވެ.

ޖަޕާނުގެ އެންއެޗްކޭ ޗެނަލާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓުކުރީ، ރެކްޓާ މިންގަނޑު 7.1 މެގްނިޓިއުޑުގެ ބާރުމިނުގެ މި ބިންހެލުން އައީ އެ ގައުމުގެ ހުޅަނގު ދެކުނަށް ކަމަށެވެ. ބިންހެލުމާ ގުޅިގެން އެއްވެސް ގެއްލުމެއް ލިބުނުކަމަށް މިހާތަނަށް ރިޕޯޓެއް ނުކުރެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭގެ ވެބްސައިޓުން ދައްކާގޮތުން މި ބިންހެލުން އައީ ޖަޕާނުގެ އައްސޭރިއާ އެންމެ 20 މޭލު ބޭރުންނެވެ. އެ ވެބްސައިޓުން ދައްކާ ގޮތުން ހަމަ އެ ސަރަހައްދަށް އެ ވަގުތު 6.9 މެގްނިޓިއުޑުގެ ބިންހެލުމެއް ވެސް އައެވެ.

ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ދީފައިވަނީ ކިޔުޝޫ އަދި ޝިކޮކޫ ގެ އެކި ސަރަހައްދުތަކަށެވެ. ޖަޕާނުގެ އިދާރާތަކުން ދަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން އުސް ހިސާބުތަކަށް ދިޔުމަށް ނަސޭހަތްތެރިވަމުންނެވެ.

މިއީ މި އަހަރު އެ ގައުމަށް އައި ބާރުގަދަ ދެވަނަ ބިންހެލުމެވެ. އާންމުކޮށް ބިންހެލުން އަންނަ ޕެސިފިކް ރިންގް އޮފް ފަޔާގައި އޮންނަ ޖަޕާނަށް މި އަހަރުގެ ފުރަތަމަ ދުވަހު އައި ބިންހެލުމުގައި ޖުމްލަ 48 މީހުން މަރުވި އެވެ.

ޖަޕާނުގެ ތާރީހުގައި ދުށް އެންމެ ބާރުގަދަ ބިންހެލުން އައީ 2011 ގަ އެވެ. އެފަހަރުގެ ބިންހެލުމާއި ސުނާމީގާ 22،000 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސް ބަޔަކު ގެއްލުނެވެ.