Advertisement

އެމްއާރުއެމުން ތާއީދުކުރަނީ މަޖިލީހުގެ ދެގެ ހުންނަ ނިޒާމަކަށް

7 އޮގަސްޓު 2024 - 11:24 1

މުހައްމަދު ނަސީމް

މ

Advertisement

އެމްއާރްއެމްގެ ޖަލްސާއެއްގައި ފާރިސް މައުމޫނާއި އެޕާޓީގެ އެހެން އިސް ބޭފުޅުން، ވޯޓެއް ދެއްވަނީ. ފައިލް ފޮޓޯ/އަދަދު


އެމްއާރުއެމުން ތާއީދުކުރަނީ މަޖިލީހުގެ ދެގެ ހުންނަ ނިޒާމަކަށް

7 އޮގަސްޓު 2024 - 11:24 1

Advertisement

Advertisement

ރައްޔިތުންގެ މަޖިލީހުގެ އަދަދު ވަކިވަރަކަށް ހިފަހައްޓާ ގޮތަށް ގާނޫނު ބަދަލުކުރާއިރު މަޖިލީހުގެ ތިރިގެއާއި މަތިގެ ހުންނަ، "ބައިކެމަރަލް" ނިޒާމަކަށް ބަދަލުުކުރަން ތާއީދުކުރާ ކަމަށް މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރްއެމް) އިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު، ރާއްޖޭގެ އާބާދީ އިތުރުވާ ނިސްބަތުން އިތުރު ނުވާ ގޮތަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތުގައި، މަޖިލީހުން ގެންދަނީ ޕާޓީތަކުގެ ހިޔާލު ހޯދަމުންނެވެ. އެގޮތުން ބޮޑު ދެޕާޓީ ކަމަށްވާ އެމްޑީޕީއާއި ޕީއެންސީގެ ހިޔާލު ހޯދުމަށް ފަހު މިއަދު ހޯދީ ކުދި ޕާޓީތަކުގެ ހިޔާލެވެ.

Advertisement

މެންބަރުންގެ އަދަދު ހިފެހެއްޓުމާ މެދު ޕާޓީތަކުގެ ހިޔާލު ހޯދަން އެމްއާރްއެމް، އެމްޑީއޭ އަދި އަދާލަތު ޕާޓީގެ މަންދޫބުން ބައިވެރިކޮށްގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫނު ވިދާޅުވީ މިހާރުގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަންބޮޑުވާ ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ.

"އެއީ މަޖިލީހުގެ މެޖޯރިޓީއެއް ބޮޑުވެއްޖެ ހިނދެއްގައި ރައްޔިތުންނަށް ނޫނީ ގައުމަށް ނުރައްކާވާ ފަދަ ކަންތައްތައް ހިނގާފައި އެބަހުރި. އަޅުގަނޑު ހާއްސަގޮތެއްގައި ދަންނަވައިލާނަން، މަދު ދުވަސްކޮޅެއްގެ ތެރޭގައި މުޅި ގާނޫނުއަސާސީ އިސްލާހުކުރިތަން އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. މިއީ އެހެންވީމާ އަަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް. އެހެންވީމާ މިގޮތުން އަޅުގަނޑުމެންގެ ޕާޓީން ތާއީދުކުރަނީ އަޅުގަނޑުމެންގެ ލެޖިސްލޭޗާ އަކީ ބައިކެމަރަލް ތަނަކަށް ހަދަން،" ފާރިސް ވިދާޅުވި އެވެ.

ފާރިސް އެ ވިދާޅުވި ނިޒާމުގައި ޕާލަމެންޓުން ކަމެއް ނިންމާ ނަމަ ދެ ގެއިން ވެސް ފާސްކުރަން ޖެހޭނެ އެވެ. އެހެންވީމާ ގާނޫނަކަށް ނުވަތަ ގާނޫނުއަސާސީ އަށް ވެސް ބަދަލެއް ގެނެވޭނީ ދެ ގޭގެ މެންބަރުންގެ އަގުލަބިއްޔަތު ވެސް ހޯދައިގެންނެވެ.

Advertisement

50.00%

50.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ސުނާރު

7 months ago

ކޮން 2 ގެއެއް! ތިހާވަރުން ގެ ހަދަން ބޭނުމިއްޔާ ތިތާ ތަޅުމުގަ ބަދިގެޔެއްހަދާ ބަތްކައްކާ ކުޅޭތަނަކަށް ބަދަލުކުރޭ! ތިޔައީ މިގައުމަށް މިހާރު ބޭނުން މުއައްސަސާ އެއްނޫން.