Advertisement

ލިވިން އެކްސްޕޯ: ހައިއެންޑް ފިހާރައިގެ ސްޓޯލަށް ޒިޔާރަތްކޮށްގެން ބެޑްރޫމް ސެޓެއް

7 އޮގަސްޓު 2024 - 15:46 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހައިއެންޑްއިން ވިއްކާ އެނދެއް: ލިވިން އެކްސްޕޯގެ ހައި އެންޑް ސްޓޯލްއަށް ޒިޔާރަތްކޮށްގެން ބެޑްރޫމް ސެޓެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި -- ފޮޓޯ: ހައި އެންޑް


ލިވިން އެކްސްޕޯ: ހައިއެންޑް ފިހާރައިގެ ސްޓޯލަށް ޒިޔާރަތްކޮށްގެން ބެޑްރޫމް ސެޓެއް

7 އޮގަސްޓު 2024 - 15:46 0

މާދަމާ ފަށާ މޯލްޑިވްސް ލިވިން އެކްސްޕޯ 2024 ގެ ކޯ ސްޕޮންސާ، ހައިއެންޑްގެ ސްޓޯލްއަށް ޒިޔާރަތް ކޮށްގެން ބެޑްރޫމް ސެޓެއް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.

ފެންވަރު ރަނގަޅު ގޮދަޑި އާއި އެނދު ވިއްކުމުގައި މަޝްހޫރި ހައިއެންޑް ފިހާރައިން ބުނީ ލިވިން އެކްސްޕޯގެ 15، 16 އަދި 17 ގެ ސްޓޯލްއަށް ޒިޔާރަތް ކޮށްގެން އެ ފިހާރައިގެ ގޮދަޑި އާއި އެނދުގެ އިތުރުން ވިއްކާ އެހެން އުފެއްދުންތަކުގެ މައުލޫމާތު ބެލޭނެ ކަމަށެވެ.

"ސްޓޯލްއަށް ޒިޔާރަތްކޮށްގެން ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ. ލަކީ ޑްރޯގެ އިނާމަކަށް ކަނޑައަޅާފައި ވަނީ ކްއީން ސައިޒުގެ ބެޑްރޫމް ސެޓެއް،" ހައި އެންޑްއިން ބުންޏެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ ލިވިން އެކްސްޕޯ ހުޅުވިފައި ހުންނާނީ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށެވެ.

އެނދާއި ގޮދަޑީގެ އިތުރުން ވެސް ހައިއެންޑުން ދަނީ ފަރުނީޗަރުގެ އެކި ބާވަތްތައް ވިއްކަމުންނެވެ. މޫނު ބަލާ ލޯގަނޑާއި ގޮނޑިއާއި އެކި ޑިޒައިންތަކުގެ މެޓުގެ އިތުރުން ޓްރޭ އަދި ކަބަޑު ސެޓު ވެސް އެ ފިހާރައިން ވިއްކަ އެވެ.

ހައިއެންޑުގެ މާލެ ފަރުނީޗަރުގެ ފިހާރަ ހުންނަނީ މެދުޒިޔާރަތް މަގުގައި ހުންނަ އަރަބިއްޔާ ސްކޫލް ކުރިމަތީގަ އެވެ. އަދި ހައިއެންޑްގެ ހުޅުމާލެ ފިހާރަ ހުންނަނީ ނިރޮޅު މަގުގައި ހުންނަ 149 ވަނަ ފްލެޓްގެ ކުރިމަތީގަ އެވެ.