Advertisement

ލޯކަލް ޓޫރިޒަމް ފުޅާވާ ސަރަހައްދުތަކުގައި ސިއްހީ ހިދުމަތް ރަނގަޅުކުރަނީ

6 އޮގަސްޓު 2024 - 10:10 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. އޭނާއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް. ފޮޓޯ: މަޖިލީހުގެ އިދާރާ


ލޯކަލް ޓޫރިޒަމް ފުޅާވާ ސަރަހައްދުތަކުގައި ސިއްހީ ހިދުމަތް ރަނގަޅުކުރަނީ

6 އޮގަސްޓު 2024 - 10:10 0

ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ސަރަހައްދުތަކުގެ ސިއްހީ ހިދުމަތް މިހާރަށް ވުރެ ރަނގަޅުކުރަން ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހަލީލު ވިދާޅުވީ މާލެ އަތޮޅާއި ފެލިދެއަތޮޅާއި އަރި އަތޮޅުގައި ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ކަމަށެވެ. އެހެންވެ އެ އަތޮޅުތަކުގެ ރަށްތަކުގައި ސިއްހީ ބައެއް ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގެ ތެރޭގައި ލެބޯޓްރީ ނެތް ރަށްރަށުގައި، ބައެެއް ރަށްރަށުގައި، މިދެންނެވީ އާބާދީއާ އަރާ ފައިބާ ނިސްބަތާ [އަޅައި ބަލައި]، މި ދެންނެވީ އަރާ ފައިބާ ނިސްބަތް އަޅުގަނޑުމެން މި ބަލަނީ ޑޮކްޓަރަށް އެތަނަކުން ދެއްކޭ ނިސްބަތަށް، ޕޭޝަންޓް ޓާން އޯވާއަށް ބަލައިގެން އެރަށެއްގައި ހުން ފެސިލިޓީއެއްގައި ފުލް ފުލެޖްޑް ލެބޯޓްރީ ގާއިމް ކުރުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން،" ހަލީލު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރަަހައްދުގެ ބައެއް ރަށްރަށުގައި ލެބޯޓްރީ ގާއިމްކުރާނީ ޗައިނާ ސަރުކާރުގެ އެހީގަ އެވެ.

މާލެއާ ކައިރި ރަށްރަށުގައި އިމަޖެންސީ ފަރުވާގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރާނެ ކަމަށާ އޭގެ ބޭނުމަކީ ބަލިމީހާ ސްޓެބްލައިޒް ކުރުމަށް ފަހު ހިދުމަތް ރަނގަޅު މަރުކަޒަކަށް ބަލިމީހާ ގެންދިއުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި ހުރިހާ ރަށެއްގައި އޮޕަރޭޝަން ތިއޭޓަރު ގާއިމްކުރުމަކީ ދައުލަތަށް ކުރެވޭ ވަރު ކަމަކަށް ނުވާތީ އެވެ.

"ހާއްސަކޮށް މިއީ މާލެއާ ވަރަށް ކައިރި ސަރަހައްދުތަކަކަށް ވާތީއާ އެއްކޮށް، ޕޭޝަންޓް ސްޓެބްލައިޒް ކުރުމަށް ފަހުގައި، އީއާރު ފެސިލިޓީ ވަރުގަދަ ކަމަށް ވެއްޖިއްޔާ، ޕޭޝަންޓް ސްޓެބްލައިޒްކުރުމަށް ފަހުގައި، ރަނގަޅު ފެންވަރުގެ ހިދުމަތްދޭ މަރުކަޒަކަށް އެމީހަކު ޓްރާންސްފާކުރުމުގެ އިންތިޒާމު އަޅުގަނޑުމެންނަށް ހަމަޖެހިގެންދާނެ،" ހަލީލު ވިދާޅުވި އެވެ.

މި ސަރަހައްދުގެ ބައެއް ހެލްތު ސެންޓަރުތަކުގެ ޑިޒައިން އެގޮތަށް ބަދަލުކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.