Advertisement

މިޔަޓް ފުޓްސަލް ފިއެސްޓާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

1 އޮގަސްޓު 2024 - 20:40 0


މިޔަޓް ފުޓްސަލް ފިއެސްޓާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

1 އޮގަސްޓު 2024 - 20:40 0

މަލްޓި ޔޫތު އެސޯސިއޭޝަން (މިޔަޓް) އިން އިންތިޒާމުކޮށް ކ. ތުލުސްދޫގައި ކުރިއަށް ގެންދާ މިޔަޓް ފުޓްސަލް ފިއެސްޓާގައި ބައިވެރިވުމުގެ ފުރުސަތު އެ ޖަމިއްޔާ އިން ހުޅުވާލައިފި އެވެ.

މި ފަހަރުގެ މުބާރާތް ވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ކ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް އެ ޖަމިއްޔާ އިން ވަނީ ނިންމައިފަ އެވެ.

މިޔަޓް ޖަމިއްޔާ އިން ބުނީ މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50,000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު, ރަނަރަޕް ޓީމަށް 25,000 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، މި މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާ ދިނުމަށް ނިންމާފައިވާއިރު, އަންހެން ޑިވިޝަނުގެ ރަނަރަޕް ޓީމަށް 15,000 ރުފިޔާ ދޭނެ ކަމަށް މިޔަޓް އިން ބުނެ އެވެ.

މި ފަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ. މިޔަޓް އިން ބުނީ މި ފަހަރުގެ މުބާރާތުގެ ހުރިހާ މެޗެއް އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ލައިވް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 15 ޓީމުން ވާދަކޮށްފައިވާއިރު, ޗެމްޕިއަންކަން ހޯދާފައިވަނީ ދިއްފުށި އެފްސީ އެވެ. އަދި އަންހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމަކީ ސެނޯރާ, ތުލުސްދޫ އެވެ.