Advertisement

މައްސަލަތައް ފުނިޖެހިފައި އޮތުމުން ސިވިލް ކޯޓާމެދު ނާޒިމް ނުރުހިއްޖެ

2 އޮގަސްޓު 2024 - 07:25 8

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ޖުލައި 29، 2024 ގައި ޕީއެންސީ ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ޕީއެންސީ


މައްސަލަތައް ފުނިޖެހިފައި އޮތުމުން ސިވިލް ކޯޓާމެދު ނާޒިމް ނުރުހިއްޖެ

2 އޮގަސްޓު 2024 - 07:25 8

ސިވިލް ކޯޓުގައި މައްސަލަތައް ފުނިޖެހިފައި އޮތުމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމު ހިތްހަމަ ނުޖެހުން ފާޅުކުރައްވައިފި އެވެ.

ދިއްގަރު ދާއިރާގެ މަޖިލީސް މެންބަރެއްގެ ގޮތުގައި ހުންނެވި ނާޒިމް ވިދާޅުވީ ސިވިލް ކޯޓުގައި 17 ފަނޑިޔާރުން ތިއްބެވިއިރު 4000 އަށްވުރެ ގިނަ މައްސަލަ ނުނިމި އެބަ އޮތް ކަމަށެވެ.

އެންމެ މަދުން މައްސަލަ އޮތް ފަނޑިޔާރުގެ އަތުގައި ވެސް 112 މައްސަލަ އަދި އެންމެ ގިނައިން މައްސަލަ އޮތް ފަނޑިޔާރުގެ އަތުގައި 500 އެތައް މައްސަލައެއް ނުނިމި އެބަ އޮތް ކަމަށް، މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިކަމުން މި އެނގެނީ އަޅުގަނޑުމެން ހުރިހާ ވަސީލަތްތަކާއި ހުރިހާ ކަމެއް މެދުވެރިކޮށްދިފައި އޮންނަ އިރުވެސް މައްސަލަތައް ނުނިމިވާކަން،" އޭނާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގައި ވެސް ވަރަށް ގިނަ މައްސަލަތައް ނުނިމި އެބަ އޮތް ކަމަށާއި އެކަންކަން ރަނގަޅު ކުރަން މަޖިލީހަށް ކުރެވެން ހުރި ކަންކަން ކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޝަރުއީ ދާއިރާއަށް ދޭންޖެހޭ ސަމާލުކަން މި ސަރުކާރުން ދޭނެ ކަމާއި އަންނަ އަހަރު ސުޕީރިއާ ކޯޓު ކޮމްޕްލެކްސްގެ މަސައްކަތް ފަށާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ޖުޑިޝަރީގެ ބޭފުޅުން އެދިވަޑައިގަންނަވާ ފެންވަރަށް އެތަން ހުޅުމާލޭގައި ހަދައިދޭނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.