Advertisement

އިއްޔެގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުން ނުބޭއްވުނީ ފިނޭންސް މިނިސްޓަރު ހާޒިރު ނުވުމުން

30 ޖުލައި 2024 - 12:23 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޝަފީގު މަޖިލީހުގައި ސުވާލަކަށް ޖަވާބު ދެއްވަނީ. ކޮމިޓީއިން ހޯދަން ބޭނުންވީ ރާއްޖޭގެ މާލީ ހާލަތާ ގުޅޭ މައުލޫމާތު --- ފޮޓޯ: މަޖިލިސް އިދާރާ


އިއްޔެގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުން ނުބޭއްވުނީ ފިނޭންސް މިނިސްޓަރު ހާޒިރު ނުވުމުން

30 ޖުލައި 2024 - 12:23 0

ދައުލަތުގެ މާލީ އަދި އިގުތިސޯދީ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އިއްޔެ ބޭއްވުމަށް ތާވަލުކުރި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ނުބޭއްވުނީ އެ ކޮމިޓީއަށް ހާޒިރުވާން އެންގި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ހާޒިރުނުވުމުންކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.

އިއްޔެ ހެނދުނު 11:00 އަށް ކޮމިޓީ ރޫމް 10 ގައި ބާއްވަން ތާވަލުކޮށް އެޖެންޑާ ވެސް ހާމަކުރި އެވެ. އެ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރުގެ އިތުރުން މީރާގެ ކޮމިޝަނަރާއި އެމްއެމްއޭ އަދި އޮޑިޓާ ޖެނެރަލްގެ އިސްވެރިން ވެސް ހާޒިރުވާން އޮތީ އަންގާފަ އެވެ.

ނަމަވެސް, އެ ކޮމިޓީ ކެންސަލް ކުރިކަން އެޖެންޑާ ހާމަކުރިތާ ކުޑަ ވަގުކޮޅެއްގެ ތެރޭގައި އެންގި އެވެ. މަޖިލީހުގެ އިދާރާއިން ސަބަބެއް ނާންގަ އެވެ.

އިތުބާރު ހުރި މަސްދަރަކުން "އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު ހާޒިރުނުވީ "ވަގުތު ހުރި ގޮތުން ބައިވެރިވެވަޑައިގެންނެވެން ނެތުން" އުޒުރެއްގެ ގޮތުގައި ދެއްކެވުމަށް ފަހު އެވެ.

އޭނާގެ އިތުރުން މީރާގެ އިސްވެރިޔާ, ޓެކްސް ކޮމިޝަނަރު ސަން ޒަރީރު ވެސް ކޮމިޓީއަށް ހާޒިރުވެވަޑައިގެންފައި ނުވެ އެވެ.

މާލިއްޔަތު ކޮމިޓީން ގެންދަނީ ގައުމުގެ މާލީ އަދި އިގުތިސޯދީ ހާލަތާ ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ދައުރުގައި އެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން އެއް ފަހަރު ފިނޭންސް މިނިސްޓަރު މައުލޫމާތު ދެއްވި އެވެ.