Advertisement

ނަޑާލް އާއި ޖޮކޮވިޗް އޮލިމްޕިކްސްގެ ތާރީހީ ކުރިމަތިލުމަކަށް

29 ޖުލައި 2024 - 08:06 0


ނަޑާލް އާއި ޖޮކޮވިޗް އޮލިމްޕިކްސްގެ ތާރީހީ ކުރިމަތިލުމަކަށް

29 ޖުލައި 2024 - 08:06 0

ޕެރިސް (ޖުލައި 29) - ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ގޭމްސްގެ ޓެނިސް ސިންގަލްސް ކެޓަގަރީގެ ފުރަތަމަ މެޗު ކާމިޔާބުކޮށް ދެ ވަނަ މެޗުގައި ސާބިއާ ޖޯކޮވިޗް އާ ދެކޮޅަށް ސްޕެއިންގެ ނަޑާލް ނުކުންނަން ޖެހިއްޖެ އެވެ.

ހަންގޭރީގެ މާޓަން ފުކްސޮވިކްސްއާ ދެކޮޅަށް ނަޑާލް ނުކުތްއިރު, މި މެޗު އަނިޔާގެ ސަބަބުން އޭނާ އަށް ގެއްލިދާނެ ކަމަށްވެސް ބެލެވުނެވެ. އެކަމަކު ނަޑާލް ވަނީ އަނިޔާ އިން ރަނގަޅުވެފައިވާ ކަމަށް ބުނެ, މެޗު ކުޅެފަ އެވެ.

މި މެޗު ނަޑާލް ކާމިޔާބުކުރީ 6-4, 4-6 އަދި 6-4 އިންނެވެ.

މި މެޗު ނަޑާލް ކާމިޔާބުކުރުމާ އެކު އަންނަ އަންގާރަ ދުވަހު ސިންގަލްސްގެ ދެ ވަނަ ބުރުގައި ނަޑާލް ނުކުންނަން ޖެހޭނެ ކަމަށް ބެލެވެނީ ސާބިއާގެ ނޮވަކް ޖޯކޮވިޗް އާ ދެކޮޅަށެވެ. އެހެންވެއްޖެނަމަ އެއީ މި ދެ ކުޅުންތެރިން ޕްރޮފެޝަނަލް ލެވަލްގައި ޓެނިސްގައި ކުރިމަތިލާނެ 60 ވަނަ ފަހަރެވެ.

ނަޑާލް ވަނީ މީގެ ކުރިން ރިއޯގައި ބޭއްވި ރިއޯ އޮލިމްޕިކްސްގެ ޑަބަލްސް ބައިގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މީގެ އިތުރުން 2008 ވަނަ އަހަރު ސިންގަލްސް ކެޓަގަރީގެ ރަން މެޑަލް ވެސް ހޯދީ ނަޑާލް އެވެ.

ނަޑާލްއާ ޖޯކޮވިޗް އަކީ ޓެނިސްގެ ގްރޭންޑް ސްލޭމް މުބާރާތްތަކުގައި އެންމެ ގިނަ ތަށި ހޯދާފައިވާ ދެ ކުޅުންތެރިންނެވެ. ނަޑާލް ބުނީ، މިއީ ޖޮކޮވިޗާ ދެކޮޅަށް އޭނާ ކުޅެން ޖެހޭ ފަހު މެޗު ކަމަށް ގަބޫލުކުރަން ބޭނުންނުވާ ކަމަށެވެ.