25 ޖުލައި 2024 - 06:46 4
އަހުމަދު އާއިދު
ބިދޭސީ މަސައްކަތްތެރިންތަކެއް: މަޝްހޫރު ވިޔަފާރިތައް ހިމެނޭހެން 10 ކުންފުންޏަކުން ނުދައްކާ އޮތް ވޯކް ޕާމިޓާއި ކޯޓާ ފީގެ އަދަދު 124 މިލިއަނަށް އަރާ - ފޮޓޯ: އަދަދު
25 ޖުލައި 2024 - 06:46 4
ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ފީ އާއި ވާކް ޕާމިޓް ފީގެ ގޮތުގައި ދައުލަތަށް ފައިސާ ނުދައްކާ ހުރި ކުންފުނިތަކުގެ ލިސްޓު އާންމުކޮށް، ހޯމް މިނިސްޓްރީން ގެޒެޓް ކުރީ ރޭގަ އެވެ.
އެ ލިސްޓުގައި ޖުމްލަ 1026 ކުންފުނި އޮތް އިރު ނުދައްކާ ފައިސާގެ ޖުމްލަ 636.5 މިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ އޮތް ދިހަ ކުންފުނިން އެކު ޖުމްލައިގެ ތެރެއިން 124 މިލިއަން ރުފިޔާ ނުދައްކާ އެބައޮތެވެ.
މި ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގައި މަޝްހޫރު، ފުޅާ ދާއިރާއެއްގައި އެކި މަސައްކަތްތައް ކުރާ ކުންފުނިތައް ހިމެނެ އެވެ. އިކޮނޮމިކް މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާ ގޮތުގައި މި 10 ކުންފުނީގެ ތެރެއިން ފަސް ކުންފުނި މިހާރު އޮތީ ވައިންޑިން އަޕް ނުވަތަ އުވާލުމުގެ މަރުހަލާގަ އެވެ.
އުވާލުމުގެ މަސައްކަތް ކުރަމުންދާ ހުރިހާ ކުންފުންޏަކީ ވެސް ކުރިން އަމަލުކުރަމުން އައި ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން އަހަރީ ފީ ނުދައްކައި އޮތުމުގެ ސަބަބުން، ކުންފުނިތަކުގެ ރަޖިސްޓްރާއަށް ލިބޭ ބާރުގެ ދަށުން އުވާލުމުގެ މަސައްކަތް ފަށާފައިވާ ކުންފުނިތަކެވެ.
ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ފީތައް ނުދައްކާ ކުންފުނިތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ފުޓްސަން އިންޓަނޭޝަނަލް ކުންފުންޏެވެ. މި ކުންފުނިން ވޯކް ޕާމިޓް ފީގެ ގޮތުގައި 24 މިލިއަން ރުފިޔާ އަދި ކޯޓާ ފީގެ ގޮތުގައި ދެ މިލިއަން ރުފިޔާ އާއެކު ޖުމްލަ ދައުލަތަށް ނުދައްކައިވާ 26.8 މިލިއަން ރުފިޔާ އެބައޮތެވެ.
އެޑްވާންސް ގޯ ކޮންސްޓްރަކްޝަނުން ވޯކް ޕާމިޓް ފީގެ ގޮތުގައި 13 މިލިއަން ރުފިޔާ އަދި ކޯޓާ ފީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ނުދައްކާ އެބައޮތެވެ. އެކު ޖުމްލަ 14.7 މިލިއަން ރުފިޔާއަށް އަރަ އެވެ.
ބްރައުން ބިލްޑާސް ކުންފުނިން ވޯކް ޕާމިޓް ފީގެ ގޮތުގައި 13 މިލިއަން ރުފިޔާ އަދި ކޯޓާ ފީގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ނުދައްކާ އެބައޮތެވެ. އެކު ޖުމްލަ 14.5 މިލިއަން ރުފިޔާއަށް އަރަ އެވެ.
ރާއްޖޭގެ ނަން މަޝްހޫރު ގިނަ ރިސޯޓުތަކެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ މި ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 12.5 މިލިއަން އަށް އަރަ އެވެ. އެއީ ވޯކް ޕާމިޓް ފީގެ ގޮތުގައި ދައްކަން ޖެހޭ 11 މިލިއަނާއި ކޯޓާ ފީގެ ގޮތުގައި ދައްކަން ޖެހޭ 1.4 މިލިއަން ރުފިޔާ އެވެ.
މި ކުންފުނިން މިހާރުވެސް ދަނީ ވިޔަފާރި ކުރަމުންނެވެ.
މިއީވެސް 2017 ގައި އުފައްދާ، އަހަރީ ފީ ނުދައްކައިގެން އުވާލަން ނިންމާފައި އޮތް ކުންފުންޏެކެވެ.
ޓިއުމެރިކް ޕްރައިވެޓް ލިމިޓެޑުން ދައްކަން ޖެހޭ ޖުމްލަ ފައިސާގެ އަދަދަކީ 11.9 މިލިއަނަށް އަރަ އެވެ. އެއީ ވޯކް ޕާމިޓް ފީގެ ގޮތުގައި ނުދައްކާ އޮތް 10.7 އަދި ކޯޓާގެ ފީގެ ގޮތުގައި ނުދައްކާ އޮތް 1.2 މިލިއަން ރުފިޔާ އެވެ.
ބިދޭސީންގެ ފީގެ ގޮތުގައި 636 މިލިއަންވުރެ ގިނަ ރުފިޔާ ނުލިބި
މިނިސްޓްރީން އާންމުކުރި ލިސްޓުގައި ވާގޮތުން ވޯކް ޕާމިޓް ފީގެ ގޮތުގައި 573،840،450ރ. އާއި ކޯޓާ ފީގެ ގޮތުގައި 96،550،286ރ. އާއި ކެންސަލޭޝަން ޖޫރިމަނާގެ ގޮތުގައި 2،144،000ރ. އާއެކު ޖުމްލަ 636،534،736ރ. ނުލިބި އެބަ އޮތް.
ބިދޭސީންގެ ފީގެ ގޮތުގައި 636 މިލިއަންވުރެ ގިނަ ރުފިޔާ ނުލިބި
މިނިސްޓްރީން އާންމުކުރި ލިސްޓުގައި ވާގޮތުން ވޯކް ޕާމިޓް ފީގެ ގޮތުގައި 573،840،450ރ. އާއި ކޯޓާ ފީގެ ގޮތުގައި 96،550،286ރ. އާއި ކެންސަލޭޝަން ޖޫރިމަނާގެ ގޮތުގައި 2،144،000ރ. އާއެކު ޖުމްލަ 636،534،736ރ. ނުލިބި އެބަ އޮތް.
ސީލައިފް މޯލްޑިވްސް އިން ބިދޭސީ މަސައްކަތްތެރިންގެ އެކި ފީތަކުގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ 11 މިލިއަން ރުފިޔާ އޮތް ކަމަށް ހޯމް މިނިސްޓްރީން އާންމުކުރި ނަންބަރުތަކުން ދައްކަ އެވެ.
އެއީ ވޯކް ޕާމިޓް ފީގެ ގޮތުގައި ނުދައްކާ އޮތް 9.9 އަދި ކޯޓާގެ ފީގެ ގޮތުގައި ނުދައްކާ އޮތް 1.2 މިލިއަން ރުފިޔާ އެވެ.
މީގެ 12 އަހަރު ކުރިން ރަޖިސްޓާ ކޮށްފައިވާ މި ކުންފުނިން މިއަދާ ހަމައަށް ބިދޭސީ މަސައްކަތްތެރިންގެ ފީގެ ގޮތުގައި ނުދައްކާ ނުވަ މިލިއަން ރުފިޔާ އެބައޮތެވެ. އެއީ ވޯކް ޕާމިޓް ފީގެ ގޮތުގައި ނުދައްކާ އޮތް އަށް އަދި ކޯޓާގެ ފީގެ ގޮތުގައި ނުދައްކާ އޮތް ނުވަ ލައްކަ ރުފިޔާ އެވެ.
ވައިޓް ޑިވެލޮޕާސް ކުންފުނިން ދައްކަން ޖެހޭ ޖުމްލަ ފައިސާގެ އަދަދަކީ 8.5 މިލިއަނަށް އަރަ އެވެ. އެއީ ވޯކް ޕާމިޓް ފީގެ ގޮތުގައި ނުދައްކާ އޮތް 7.4 އަދި ކޯޓާގެ ފީގެ ގޮތުގައި ނުދައްކާ އޮތް 1.1 މިލިއަން ރުފިޔާ އެވެ.
އެސްއެސްބީ އެންކޯ ހޯލްޑިންގްސް ކުންފުނިން ދައްކަން ޖެހޭ ޖުމްލަ ފައިސާގެ އަދަދަކީ 7.9 މިލިއަނަށް އަރަ އެވެ. އެއީ ވޯކް ޕާމިޓް ފީގެ ގޮތުގައި ނުދައްކާ އޮތް 6.7 އަދި ކޯޓާގެ ފީގެ ގޮތުގައި ނުދައްކާ އޮތް 1.1 މިލިއަން ރުފިޔާ އެވެ.
އައިލެންޑް އެކްސްޕާޓް ކުންފުންޏަކީ މި ލިސްޓުގައި ހިމެނޭ އެންމެ ދުވަސްވީ ކުންފުންޏެވެ. 2010 ގައި އުފައްދާ، މިހާރުވެސް ވިޔަފާރި ކުރަމުންދާ މި ކުންފުނިން ބިދޭސީ މަސައްކަތްތެރިންގެ އެކި ފީތަކުގެ ގޮތުގައި 7.3 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން އެބައޮތެވެ.
ބިދޭސީ މަސައްކަތްތެރިންގެ ކޯޓާ ފީ އާއި ވޯކް ޕާމިޓް ފީ ނުދައްކާ މައްސަލަ ބޮޑުވެފައިވާއިރު، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރޭގައި ގިނައީ ކުންފުނިތަކުން ގެނެސް އަޅައިނުލުމުގެ ސަބަބުން ގަވާއިދާ ހިލާފަށް އުޅެން މަޖުބޫރުވެފައިވާ މީހުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ފަޅުމަސް
8 months ago
އުވާލާ މަރުޙަލާގައި ހުރި ގިނަ ކުންފުނިތަކަކީ ހިއުމަން ޓްރެފިކިންގ އަށް ޝައްކު ކުރެވިދާނެ ކުންފުނިތަކެއް.. ބޮޑެތި ޕްރޮޖެކްޓުތަކުގެ ނަމުގައި މީހުން ގެނެސް، އެ މީހުން މާލެއާ ރާއްޖޭގެ އެތަންމިތަނަށް ދޫކޮށްލަނީ.. ގެންނަ ކޮންމެ މީހެއްގެ އަތުން 15000 ރުފިޔާ ވަރު މި ކަން ކުރާ މީހުން ނަގަމުން ދޭ.. މިހާރު ވެސް ކުރެވެމުންދާ ކަމެއް އެއީ..
އަލް
8 months ago
މިދިޔަ ފަސް އަހަރު ފައިސާ ހޯދަން ނޫޅުނީ ކީއްވެހޭ؟
މުސާރަނަގަނަގާ ތިބޭ
8 months ago
ކުންފުނިތަކުގެ އަހަރީ ފީ ނުދައްކާ ހިސާބުން ކުންފުނިތަކަށް އިކޮނޮމިކް މިނޮސްޓްރީއިން ފިޔަވަޅު އަޅަންޖެހޭނެ! ކުޑައަދަދެއް ނުދެއްކާ ބަޔަކަށް ދެން ކޮން ބޮޑު އަދަދެއް ދެއްކޭނީ! ޤާނޫނާއި ގަވާއިދު ތަންފީޒު ނުކުރެވުމުގެ ނަތީޖާމިއީ،
ޙައި
8 months ago
ޙުރިހާ ކުންފުނިތަކުގެ އުފެއްދީ ތާރީހާ ވެރިފަރާތް ހާމަ ކޮއްލެވުނު ނަމަ އިތުރަށް ފުރިހަމަވީސް
Comment