20 ޖުލައި 2024 - 09:33 0
20 ޖުލައި 2024 - 09:33 0
މެޑްރިޑް (ޖުލައި 20) - ތަޖުރިބާކާރު ޓެނިސް ކުޅުންތެރިޔާ، ރަފައެލް ނަޑާލް، އަންނަ ހަފްތާގެ ހޮނިހިރު ދުވަހު ފަށާ އޮލިމްޕިކްސް އަށް ތައްޔާރުވާން ވާދަކުރަމުން އަންނަ ސްވިޑިޝް އޯޕަންގައި ފެންނަނީ ވަރުގަދަ ރޫހެއްގަ އެވެ.
ސާދަ ފަހަރު ފްރެންޗް އޯޕަންގެ ތަށި އުފުލާލައި، މުބާރާތުގެ ރެކޯޑެއް ހާސިލްކޮށްފައިވާ ނަޑާލް، 38، މި ފަހަރުގެ މުބާރާތުން ކެޓީ ފުރަތަމަ ބުރުގައި، އަލެކްސަންޑާ ޒްވެރެވް އަތުން ބަލިވުމުންނެވެ. އެ މުބާރާތަށް ފަހު ނަޑާލް ވަނީ، އަމާޒަކީ އޮލިމްޕިކްސް އަށް ރަނގަޅަށް ތައްޔާރުވުން ކަމަށް ބުނެފަ އެެވެ. އެހެންވެ، ދާދި ފަހުން ނިމުނު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ވިމްބްލެޑަންގައި ނަޑާލް ނުކުޅެ އެވެ.
އޮލިމްޕިކްސްގެ ފިރިހެން ޑަބަލްސް އިވެންޓްގައި ނަޑާލް ވާދަކުރާނީ، މިދިޔަ ދެ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ޗެމްޕިއަން، ސްްޕެއިނުގެ ކާލޮސް އަލްކަރާޒާ އެއް ޕެއާއެއްގަ އެވެ.
އަނިޔާގެ މައްސަލަތަކާ ހެދި ގިނަ މުބާރާތްތަކެއްގައި އެންމެ އެދެވޭ ކުޅުމެއް ދެއްކުމަށް ނަޑާލަށް އުނދަގޫތަކެއް ކުރިމަތިވަމުން އައި ނަމަވެސް ނަޑާލް ވަނީ މިހާރު ކުރިއަށްދާ ސްވިޑިޝް އޯޕަން ސެމީން ޖާގަ ހޯދައިފަ އެވެ. އެ ގޮތުން، ނަޑާލް ވަނީ، ގާތްގަޑަކަށް ހަތަރު ގަޑިއިރަށް ދިގުދެމިގެންދިޔަ ކުއާޓާ ފައިނަލް މެޗަކުން މޮޅުވެ، މި އަހަރު ފުރަތަމަ ފަހަރަށް މުބާރާތެއްގެ ސެމީން ޖާގަ ހޯދައިފަ އެވެ. އެ ގޮތުން، ސްވިިޑިޝް އޯޕަން ކުއާޓާގައި އެ މުބާރާތުގައި ހަތަރު ވަަަނަ އަށް ސީޑުކޮށްފައިވާ އާޖެންޓީނާގެ މަރިއާނޯ ނަވޯން އަތުން ނަޑާލް މޮޅުވީ، 6-7 (2-7) 7-5 7-5 އިން ސެޓުތައް، ގެންގޮސްގެންނެވެ.
އޮލިމްޕިކްސްގައި ނަޑާލްގެ ކާމިޔާބީ އަށް ބަލާއިރު، 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ބޭއްވި މުބާރާތުގައި ނަޑާލް ވަނީ ފިރިހެން ޑަބަލްސް އިން ރަން މެޑަލް ހޯދައިފަ އެވެ. އެއީ މާކް ލޯޕޭޒްއާ އެއް ޕެއާއެއްގައި ކުޅެގެންނެވެ.
Comment