Advertisement

ނައިބު ރައީސް، ޔޫތު ޕޮލިސީ އެޑްވައިޒަރީ ގުރޫޕާ ބައްދަލުކުރައްވައިފި

17 ޖުލައި 2024 - 15:56 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން. ޒުވާނުންގެ ބައިވެރިވުން ސިޔާސީ މައިދާނުގައި އިތުރު ކުރުމަށް މި ޖަމިއްޔާއިން މަސައްކަތް ކުރާ --- ފޮޓޯ: ރައީސް އޮފީސް


ނައިބު ރައީސް، ޔޫތު ޕޮލިސީ އެޑްވައިޒަރީ ގުރޫޕާ ބައްދަލުކުރައްވައިފި

17 ޖުލައި 2024 - 15:56 0

ޒުވާނުން ބާރުވެރިކޮށް ޒުވާނުންގެ ބައިވެރިވުން ކަންކަމުގައި އިތުރު ކުރުމަށް މަސައްކަތް ކުރާ ޔޫރު ޕޮލިސީ އެޑްވައިޒަރީ ގްރޫޕާ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސް އޮފީހުގަ އެވެ. އެ ޖަމިއްޔާގެ ތިން މެންބަރަކު ނައިބު ރައީސްއާ މަޝްވަރާކުރިއިރު މިއީ ކާމިޔާބު ބައްދަލުވުމެއް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އެގޮތުން, އެ ޖަމިއްޔާގެ ހުރި ކަންބޮޑުވުންތަކާއި ހިޔާލުތައް ނައިބު ރައީސް އަޑުއައްސަވައި އެ ކަންކަމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތެއް ރައީސް އޮފީހުން ހިއްސާނުކުރެ އެވެ.

ޔޫތު ޕޮލިސީ އެޑްވައިޒަރީ ގްރޫޕަކީ ޑިސެމްބަރު 2022, އިން ފެށިގެން ޒުވާނުންގެ ބައިވެރިވުން މުޖުތަމައުގައި އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މެންބަރުންގެ ގޮތުގައި ތިބެނީ 16 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

އެ ޖަމިއްޔާގެ މެންބަރަކު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލަފާ އަރުވަން އެކުލަވާލާފައިވާ ޔޫތު އެޑްވައިޒަރީ ބޯޑުގައި ވެސް ހިމެނެ އެވެ.