Advertisement

މޮރިޝަސް މުބާރާތް ރިވައިވަލް އަށް ކާމިޔާބު

17 ޖުލައި 2024 - 07:36 0

ރިވައިވަލްގެ ފަރިތަކުރުމެއްގެ ތެރެއިން ނަޝްފާން އެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ،--- ފޮޓޯ: އަދަދު


މޮރިޝަސް މުބާރާތް ރިވައިވަލް އަށް ކާމިޔާބު

17 ޖުލައި 2024 - 07:36 0

މޮރިޝަސްގައި ދާދި ފަހުން ކުރިއަށްދިޔަ ފެލޭޓް މޮރިޝަސް އިންޓަނޭޝަނަލް މުބާރާތުގައި ރިވައިވަލް ސްޕޯޓްސް ކްލަބަށް ކުރިއަށްދިއުމަށް ކަންތައްތަކެއް ފެނިގެންދިޔަ ކަމަށް އެ ޓީމުގެ ކޯޗު، ނަޝްފާން މުހައްމަދު ބުނެފި އެވެ.

މޮރިޝަސް މުބާރާތުގެ ގަދަ 16 ބުރަށް ޒަޔާން ޒަކީ އާއި ހަސަން ޒަޔާންގެ ޕެއާ ދަތުރުކުރީ، މޮރިޝަސްގެ ވެޑް ކަލީޗާން އާއި ކެލެން މުނިސާމީގެ ޕެއާ ބަލިކުރުމަށް ފަހު އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ، 21-05، 21-08 އިންނެވެ. ކުއާޓާ ފައިނަލުގައި، ޒަޔާން ޒަކީ އާއި ހަސަން ޒަޔާންގެ ޕެއާ ކުޅުނީ އެންމެ ފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ފިރިހެން ޑަަބަލްސް އިން ރިހި މެޑަލް ހޯދި ޕެއާ، މެލްވިން އަޕިއާ އާއި ތޭޖްރާޖް ޕުލްޓޫއާ އެވެ. އެ މެޗުން، ހަސަން ޒަޔާން އާއި ޒަޔާން ޒަކީގެ ޕެއާ ބަލިވީ، 21-06، 21-16 އިންނެވެ.

ނަޝްފާން، "އަދަދު" އަށް ބުނީ، ފުރަތަމަ ފަހަރަށް އެކުގައި ޑަބަލްސް ކުޅެ، ފުރަތަމަ ދެ މެޗު ވަރަށް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ކަމަށެވެ. އެކަމަކު، ކުއާޓާގައި، އައިއޯއައިޖީން ރިހި މެޑަލް ހޯދި ޕެއާ އަތުން ނާކާމިޔާބުވީ ސަބަބުތަކެއް ހުރުމުންކަން ނަޝްފާން ވަނީ ފާހަގަކޮށްފަ އެވެ.

"އެ ލެވަލްގެ ޑަބަލްސް މެޗުތަކުގައި އެކްސްޕީރިއަންސް އަދި އެ ވަރަކަށް ލިބިފައި ނެތްކަން ފާހަގަވީ،" ގައުމީ ބެޑްމިންޓަން ޓީމުގެ ކުރީގެ ކެޕްޓަން، ނަޝްފާން ބުންޏެވެ.

ރިވައިވަލްއާ ގުޅުނު ފަހުން މިއީ، ހަަސަން ޒަޔާންގެ ފުރަތަމަ އިންޓަނޭޝަނަލް މުބާރާތެވެ. ހަސަން ޒަޔާން ވަނީ، ފިރިހެން ސިންގަލްސްގެ ކޮލިފައިން ބުރުގެ ފުރަތަމަ މެޗުން މޮޅުވެފަ އެވެ. އެއީ، މޮރިޝަސްގެ ޖެފްރޭ ޖޯސެފްއާ ވާދަކޮށް، 21-12، 21-12 އިންނެވެ. އެކަމަކު، ކޮލިފައިން ދެ ވަނަ މެޗުގައި އިންޑިއާގެ އަދިތުޔާ ބަޕިނީޑޫ އަތުން ހަސަން ޒަޔާން ބަލިވީ، 21-11، 21-06 އިންނެވެ.

ނަޝްފާން ބުނީ، ހަސަން ޒަޔާން، ރިވައިވަލްއާ ގުޅުނުއިރު ހުރި ލެވަލަށް ވުރެ މިހާރު ވެސް ވަރަށް ބޮޑުތަނުން ކުރިއަރާފައިވާ ކަމަށެވެ.

"މެލޭޝިއާގެ ދެ މަހުގެ ޓްރެއިނިންގެ އިމްޕްރޫވްމަންޓް ވަރަށް ފުރިހަމަ އަށް ފެނިގެންގޮސްފި. ކުރިއަށް ހުރި ތަނުގައި ކުރިއަށް ދެވޭނެކަން މި ޓޯނަމެންޓް އިން ފެނިގެންގޮސްފި. ކުުރިން ވެސް މި ގޮތަށް ހަސަން ޒަޔާން އަށް ޗާންސް ލިބި، ރަނގަޅު ޓްރެއިނިން ލިބިފައިވީނަމަ ވަރަށް ޕޮޓެންޝިއަލް ހައި ކުއްޖެއް،" ނަޝްފާން ބުންޏެވެ.

ޒަޔާން ޒަކީ ކުޅުނީ މޮރިޝަސް މުބާާރާތުގެ ފިރިހެން ސިންގަލްސް މެއިން ޑްރޯ (ގަދަ 32 ކުޅުންތެރިންގެ ބުރު) ގަ އެވެ. ޒަޔާން ޒަކީ ވަނީ ފުރަތަމަ މެޗުން، ޖަޕާންގެ ޑައިގޯ ޓަނިއޯކާ އަތުން 21-06، 21-08 އިން ބަލިވެފަ އެވެ.