ރައީސް މުއިއްޒު ޕީއެސްއެމްގެ އެމްޑީ ޒީނާއާއެކު: އެ ކުންފުނިން ވަނީ ތިން ބުރީގެ އިމާރާތެއް އަޅަން ނިންމާފަ - ފޮޓޯ: ރައީސް އޮފީސް
ސަރުކާރުގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ހަރަދު ކުޑަކުރަން ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކަށް އަންގާފައި ވަނިކޮށް، ޕަބްލިކް ސާވިސް މީޑިއާއިން އާ އިމާރާތެއް އަޅަން ނިންމައި އެ އިމާރާތަށް ބޭނުންވާ ކުރެހުމާއި ބިއޯކިއު ތައްޔާރުކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
ޕީއެސްއެމް އަކީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ދައުލަތުގެ ކުންފުންޏެކެވެ. އެ ކުންފުނިން މިއަދު ވަނީ އަލަށް އިމާރާތްކުރާ ތިން ބުރީގެ އިމާރާތެއް ކުރަހައި އަދި ބީއޯކިއު ހަދައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.
ގެޒެޓުކޮށްފައިވާ އެ އިއުލާނުގައި އިތުރު ތަފުސީލެއް ނެތް ނަމަވެސް، ޝައުގުވެރިވާ ފަރާތްތަކުން ޖުލައި 23، ގެ 10:00 ގައި ޓީވީއެމް އިމާރާތަށް ގޮސް މައުލޫމާތު ސާފުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ. އެ ދުވަހުގެ ބައްދަލުވުމުގައި މައުލޫމާތު ކަރުދާހެއް ދޫކުރާނެ ކަމަށްވެސް ޕީއެސްއެމްގެ އިއުލާނުގައިވެ އެވެ.
ޕީއެސްއެމުން ހަރަދުކުޑަކުރުމާ ދުރު ނިންމުމެއް ނިންމާފައިވާއިރު ސަރުކާރުގެ ބައެއް ވުޒާރާތަކުންވެސް ދަނީ އެފަދަ ނިންމުންތައް ނިންމަމުންނެވެ.
ސިޔާސީ މަގާމުތައް މަދުކޮށް، މިނިވަން ދުވަހުގެ ކުޅިވަރު ކެންސަލް
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ހަރަދުކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ސިޔާސީ މަގާމުތަކުގެ އަދަދު މަދު ކުރަނީ ސަރުކާރުގެ ރިކަރަންޓު ހަރަދު ދަށްކުރުމުގެ ގޮތުންނެވެ.
ސިޔާސީ މަގާމުތައް މަދުކޮށް، މިނިވަން ދުވަހުގެ ކުޅިވަރު ކެންސަލް
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ، ހަރަދުކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ސިޔާސީ މަގާމުތަކުގެ އަދަދު މަދު ކުރަނީ ސަރުކާރުގެ ރިކަރަންޓު ހަރަދު ދަށްކުރުމުގެ ގޮތުންނެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކޮށް، އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވީ ޖޫން 27، ގަ އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އެދުވަހު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުން އަދި އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމުގެ އިތުރުންވެސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ.
ރައީސްގެ މި ޕޯސްޓަށްފަހުވެސް އެކި ވުޒާރާތަކަށް ސިޔާސީ މުވައްޒަފުން ވަނީ އައްޔަންކޮށްފަ އެވެ.
ސަރުކާރުން މިފަދަ ފިޔަވަޅުތަކެއް އަޅަން ނިންމީ މިވަނީ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކޭނެ ކަމަށް ބަލައި އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުގެ ރާއްޖޭގެ ރޭޓިން މިއަހަރު "ސީސީސީ ޕްލަސް" އަށް ދައްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment