Advertisement

ހަރަދު ކުޑަކުރަން ސިޔާސީ މަގާމުތައް މަދުކޮށް، މިނިވަން ދުވަހުގެ ކުޅިވަރުތައް ކެންސަލްކޮށްފި

27 ޖޫން 2024 - 17:00 2

އަހުމަދު އާއިދު

އ

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު: އެމަނިކުފާނު ވަނީ ދައުލަތުގެ ހަރަދުކުޑަކުރުމަށް ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރަން ނިންމަވާފަ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ހަރަދު ކުޑަކުރަން ސިޔާސީ މަގާމުތައް މަދުކޮށް، މިނިވަން ދުވަހުގެ ކުޅިވަރުތައް ކެންސަލްކޮށްފި

27 ޖޫން 2024 - 17:00 2

Advertisement

Advertisement

ދައުލަތުގެ ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކޮށް، އިތުރު ފިޔަވަޅުތައް އަޅަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފި އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ހަރަދުކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ސިޔާސީ މަގާމުތަކުގެ އަދަދު މަދު ކުރަނީ ސަރުކާރުގެ ރިކަރަންޓު ހަރަދު ދަށްކުރުމުގެ ގޮތުން ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

Advertisement

ރައީސް މި ނިންމުން އިއުލާނުކުރެއްވާފައިވާއިރު، ސަރުކާރަށް މި ވީ ހަތް މަސްދުވަހުގެ ތެރޭގައި އައްޔަންކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދެއް ހާމައެއް ނުކުރެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ އަދަދު އޮޅުން ފިލުވަން އެދުމުން ފިނޭންސް މިނިސްޓަރު، ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ އެ މައުލޫމާތު ސާފުކުރަން ޖެހޭނީ ރައީސް އޮފީހުން ކަމަށެވެ.

މި ސަރުކާރުން ވެރިކަމަށް އައީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމުގެ ވައުދާއެކުގަ އެވެ. ނަމަވެސް, "އަދަދު" ނޫހުން އެކި މަސްދަރުތަކުން ހޯދި ހޯދުންތަކުން އަންދާޒާ ކުރެވެނީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 2,000 އާ ގާތްކުރާ ކަމަށެވެ.

ހަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުގައި ރައީސް މިރޭ އިއުލާނުކުރައްވާފައިވަނީ އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމެވެ.

Advertisement

"މިގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފަ، މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ،" ރައީސް ލިޔުއްވާފައިވެ އެވެ.

ސަރުކާރުން މިފަދަ ފިޔަވަޅުތަކެއް އަޅަން ނިންމާފައި މިވަނީ ރާއްޖެއިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކޭނެ ކަމަށް ބަލައި އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުގެ ރާއްޖޭގެ ރޭޓިން މިއަހަރު "ސީސީސީ ޕްލަސް" އަށް ދައްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

ފާއިތުވި ދެ އަހަރު ރާއްޖޭގެ ރޭޓިންއެއްގެ ގޮތުގައި ފިޗުން ކަނޑައެޅީ "ބީ ނެގެޓިވް" އެވެ. މިއަހު ރޭޓިންއާއެކު ރާއްޖެއަކީ ބަނގުރޫޓުވުމުގެ ފުރުސަތު ބޮޑު ގައުމެެއްގެ ގޮތުގައި ފިޗުން ވަނީ ފާހަގަކޮށްފަ އެވެ.

ގައުމުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން މިހާރު ވަނީ އަންނަ އަހަރު ގްރީން ޓެކްސް ރޭޓް ރިވިއު ކުރުމާއި, ޖީއެސްޓީ ނަގާ މުދާ އިތުރުކުރުމާއި ރޭޓު ރިވިއުކުރުމާއި, އިމްޕޯޓް ޑިއުޓީ ރޭޓުތައް ރިވިއުކުރުމާއި އަދި ޓެލެކޮމް އޮޕަރޭޓަރުން ދައްކަން ޖެހޭ ކޯޕަރޭޓް އިންކަމް ޓެކްސް ރިވިއުކުރުން ހިމެނެ އެވެ.

މި ނިންމުމަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ހަލީމު

9 months ago

ކިޔުއައް ފެނުނީ ހަރަދަކައް ހައްޖައްބަޔަކު ގެންދާތީ އެކަންދޯ ތީވަރައް ތާކުންތާކުނުޖެހޭ ވިސްނުމެގެ މީހެއް ކިހިނެއްބާ ހައްޖައްގެންދަން ނުޖެހޭ ބައެއްކަންއިގެނީ ކިޔު އައްބާ ހައްޖު ވާޖިބުވާ މީހުނާ ނުވާމީހުން އިގެނީ ސިޔާސީ މަގާމު މަދުކުރަން ވިދާޅުވިނަމަ ތަންކޮޅެއް ކިޔާލަން ފަސޭހަވިސް

ކިޔު

9 months ago

ހައްޖު ވާޖިބުނުވާ 1000 މީހުން ރައްޔިތުންގެ ޓެކްސް ފައިސާއިން ހައްޖަށް ގެންދަން 200 މިލިޔަން ޚަރަދުކުރުން، ގައުމުގެ ހާލަތަށް ބަލާއިރު ރަނގަޅުކަމަށް ނުދެކެން. މިކަން ރައީސް އަލުން މުރާޖަޢާ ކުރެއްވުން އެދެން.