ވައިގެ މަގުން އެތެރެކުރަން އުޅުނު 99 ޕަސެންޓު ޑްރަގު ހިފަހައްޓައިފިން: ކަސްޓަމްސް

Jul 16, 2024, 6:43 AM
ވެލާނާ އެއާޕޯޓުގައި ހުންނަ އެއާ ކާގޯ ޓާމިނަލް: ކަސްޓަމްސްއިން ބުނީ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ ދަތިކަން ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވެލާނާ އެއާޕޯޓުގައި ހުންނަ އެއާ ކާގޯ ޓާމިނަލް: ކަސްޓަމްސްއިން ބުނީ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ ދަތިކަން ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ތެރެއިން 99 ޕަސެންޓު މަސްތުވާތަކެތި އަތުލައިގެންފައިވާ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމުގައި ކަސްޓަމްސްގެ ދައުރާ ގުޅޭ މައުލޫމާތު ދެމުން ކަސްޓަމްސް ކޮމިޝަނަރު ޔޫސުފް މާނިއު ވިދާޅުވީ މުވައްޒަފުންގެ ދަތިކަން ހުއްޓަސް ކުރިން އަތުލައިނުގަނެވޭ ވަރަށް އެއާ ކާގޯއިން އެތެރެކުރަން އުޅޭ މަސްތުވާތަކެތި އަތުލައިގަންނަމުން އަންނަ ކަމަށެވެ.

"އެކަމަކު ވެސް އަޅުގަނޑު ދަންނަވާނީ އަދިވެސް އެހާ މަދު މުވައްޒަފުން ހުރެގެން ވެސް އަޅުގަނޑުމެން އަދި މިހާތަނަށް މީގެ ކުރިން ކެޕްޗާ ނުކުރެވޭ ވަރަށް މަސްތުވާތަކެތި ހުއްޓުވާފައި ހުންނާނީ، ވަރަށް ބޮޑަށް އިނގޭތޯ. ހަމަ ބޯޑަރުން، ކީކޭ ދަންނަވާނީ 99 ޕަސެންޓު އަޅުގަނޑުމެން ހަމަ ހިފަހައްޓާފައި ހުންނާނީ،" އޭނާ ވިދާޅުވި އެވެ.

ކަސްޓަމްސްގެ ވެރިން ކޮމިޓީގައި ދެއްކި ވާހަކައިގައި، އެ އިދާރާގެ ދައުރު އެންމެ ފުރިހަމައަށް އަދާކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކުރީ މުވައްޒަފުންގެ ދަތިކަމެވެ. މިހާރު ވެސް، ކަސްޓަމްސްއަށް އިތުރު 330 މުވައްޒަފުން ބޭނުންވާ ކަމަށް މާނިއު ކޮމިޓީގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މިވާ ދަތިިތަކަކީ އަޅުގަނޑުމެންގެ މުވައްޒަފުން ވެސް މަދު. މިހާތަނަށް ނެތް އަދި، މިހާރު އަޅުގަނޑުމެންގެ މުވައްޒަފުންގެ ކައުންޓަށް ބަލާއިރު އަސްލު އެކަށީގެންވާ ވަރަށް އެންމެ މިނިމަމްކޮށް ނެޝަނަލް ސެކިއުރިޓީ ތްރެޓަކަށް ނާންނަ ވަރަށް ބަލާއިރު ވެސް އަޅުގަނޑުމެންނަށް އިތުރަށް އަދި ބޭނުންވޭ 330 މުވައްޒަފުން،" އޭނާ ވިދާޅުވި އެވެ.

ބޭނުންވާ ވަރަށް މުވައްޒަފުންގެ ނެތުމުގެ އިތުރުން، މުވައްޒަފުންނަށް ދޭން ޖެހޭ ތަމްރީނުތައް ދިނުމުގައި ދިމާވާ ގޮންޖެހުންތައް ވެސް ކޮމިޓީގައި ކަސްޓަމްސްއިން ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ކަސްޓަމްސްގައި ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް މަދުވެގެން ހަ މަސް ދުވަހުގެ ތަމްރީނު ބޭނުންވާ ކަމަށް އެ އިދާރާއިން ކޮމިޓީގައި ބުންޏެވެ. އޭގެ ތެރޭގައި އިންޑިއާގައި ފުރިހަމަ ކުރަމުންދާ ތިން މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމަކާއި މަސައްކަތުގެ މައިދާނުގައި އިތުރު ތިން މަސް ދުވަހުގެ ތަމްރީނު ފުރިހަމަ ކުރަން ޖެހެ އެވެ.

އެކަމަކު، ބޭނުންވާ ވަރަށް މުވައްޒަފުން ނުލިބި، އެންމެ ފަހު ވަގުތުގައި މުވައްޒަފުން ނަގަަން ޖެހޭތީ، ތަންތަނަށް ފޮނުވަން ޖެހޭނީ ބޭނުންވާ ތަމްްރީނުތައް ވެސް ނުދީ ކަމަށް މާނިއު ކޮމިޓީގައި ވިދާޅުވި އެވެ. މިއާ ވިދިގެން، ސަލާމަތީ މައްސަލަތައް ވެސް ނިކުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަމްރީނުތައް ނުދެވުމުގެ ސަބަބުން ދިމާވާ ކަމެއްގެ މިސާލެއް ދެމުން އެ މާނިއު ވިދާޅުވީ ކަސްޓަމްސްގައި ސްކޭން މެޝިންތައް ބޭނުންކޮށް އޭގެ ރިޕޯޓު ކިޔަން އެނގޭ ތިބީ މަދު މުވައްޒަފުންތަކެއް ކަމަށެވެ.

"މިހާރު ވެސް އަޅުގަނޑުމެންގެ މުވައްޒަފުންގެ ތެރެއިން ވަރަށް މަދު ބަޔަކަށް މި އިނގެނީ ސްކޭން ރިޕޯޓު ކިޔަން. ސްކޭން މެޝިން ފަންކްޝަން ކުރަން ވެސް. އެ ވާގޮތަކީ ފަހުން ވެއްދީމަ އަޅުގަނޑުމެންގެ ނުހުންނާނެތާ އެވަރުގެ ކެޕޭސިޓީއެއް އެ ޓްރެއިނިން ދޭކަށް،" އޭނާ ވިދާޅުވި އެވެ.

މުވައްޒަފުން މައްސަލައިގެ އިތުރުން ކަސްޓަމްސްއިން ވަނީ ޒަމާނީ ވަސީލަތްތައް ނެތުމާއި ބަނދަރުގައި ހުރި ޖާގައިގެ ދަތިކަމުގެ ސަބަބުންނާއި އެއާޕޯޓުގެ ސެކިއުރިޓީ ކަންކަން އިންތިޒާމުވެފައި ހުރި ގޮތުގައި ހުރި މައްސަލަތައް ކޮމިޓީގައި ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox