15 ޖުލައި 2024 - 11:23 0
އަމަން ހަލީމް
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް (ކ) މަޖިލީހުގެ ކޮމިޓީއެއްގައި: އާލާސްކަންފުޅާ އުޅުއްވާތީ އޭނާ މާލިއްޔަތު ކޮމިޓީއަށް ޖަވާބުދާރީވެ ވަޑައިގެންނެވީ ލިޔުމުން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
15 ޖުލައި 2024 - 11:23 0
އިގުތިސޯދީ ކާރިސާއެއްގެ ހާލަތުން ގައުމު ސަލާމަތްކުރަން ދޭން ޖެހޭ މައުލޫމާތު ދިން ނަމަވެސް މައްސަލައަކީ ދިން އިރުޝާދަށް ސަރުކާރުތަކުން ދޭން ޖެހޭ އަހައްމިއްޔަތުކަން ނުދިނުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.
އާލާސްކަންފުޅާ އުޅުއްވާތީ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވެން ނެތްކަން އަންގަވަން، ފޮނުއްވި ސިޓީއާ އެކު ގަވަރުނަރު ލިއުމުން ފޮނުއްވި ޖަވާބު "އަދަދު" އަށް ވަނީ ލިބިފަ އެވެ.
އެގޮތުން އޭނާއަށް ގަވަރުނަރުގެ ޒިންމާ އަދާނުކުރެވޭ ކަމަށް ބުނާ މައްސަލާގައި ކޮމިޓީއަށް ފޮނުއްވި ލިއުމުގައި، މިކަމަށް އިންކާރުކުރައްވަމުން ހާޝިމް ވިދާޅުވީ، އިގުތިސޯދީ ކާރިސާއެއް އައުމުގެ ކުރިން އެ ފަދަ ހާލަތަކުން ގައުމު ސަލާމަތްކުރަން ބޭނުންވާ މައުލޫމާތާއި އިރުޝާދު ދީ، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމު ކަން އޭނާ އާއި އެމްއެމްއޭއިން ސަރުކާރާ ހިއްސާކޮށްފައިވާނެ ކަމަށެވެ.
މި މައުލޫމާތުތައް މާލިއްޔަތު ކޮމިޓީއާ ވެސް ހިއްސާކުރައްވާފައިވާނެ ކަން ފާހަގަކުރައްވަމުން، ހާޝިމް އިތުރަށް ވިދާޅުވީ މިއަދު ބޯމަތިވެފައިވާ އިގުތިސޯދީ މުސްތަގުބަލާ މެދު އޮތް ބިރުވެރިކަމުގެ އަސްލަކީ އެމްއެމްއޭ އާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އިރުޝާދާއި ލަފާ، ސަރުކާރުން އަޑުނޭހުން ކަމަށެވެ.
"ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބޮޑު ބިރެއް އޮތުމުގެ މައިގަނޑު ސަބަބަކީ މި އޮތޯރިޓީ އާއި މާލީ ކަންކަމާ ބެހޭ ބައިނަލްއަގުވާމީ މުއައްސަސާތަކުގެ އިރުޝާދާއި ލަފައަށް ކަމާބެހޭ ފަރާތްތަކުން އަހައްމިޔަތުކަން ނުދިނުމާއި އަޅުގަނޑުމެން ޒަމާނުއްސުރެ ވަކާލާތުކުރަމުން އައިސްފައިވާ ފިސްކަލް ޑިސިޕްލިން ގެންގުޅުއްވާފައި ނެއްކަމުން،" ހާޝިމް ވިދާޅުވި އެވެ.
ގަވަރުނަރު ހާޝިމް ވަކިކުރަން ހުށަހެޅި އެހެން ސަބަބުތަކަށް ވެސް އޭނާ ވަނީ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވި ޖަވާބުގައި އިންކާރުކުރައްވާފަ އެވެ.
އެއީ ބޭންކުތަކުން ލޯނު ދޫކުރާ މިންވަރު ބަހައްޓަން އެމްއެމްއޭގައި ބެހެއްޓުމަށް ބާރު އެޅުމާއި ޑޮމެސްޓިކް މާކެޓު ރެގިއުލޭޓު ނުކުރުމާއި ފައިސާގެ ކުށްތައް ހުއްޓުވަން ގަވާއިދުތައް އަދާހަމަ ނުކުރުމުގެ އިތުރުން މި ސަރުކާރަށް ލަފާ ދިނުމާއި އެމްއެމްއޭގެ ގާބޫނުގެ މަގުސަދުތައް ހާސިލުކުރަން މަސައްކަތް ނުކުރުމެވެ.
މި ހުރިހާ ނުކުތާއެއްގެ ރައްދުގައި ތަފުސީލުކޮށް އޭނާ ދެކެވަޑައިގަންނަވާ ގޮތާއި އޭނާގެ ދިފާއު ބަޔާންކުރައްވަމުން ހާޝިމް ވިދާޅުވީ މިވީހާ ތަނުގައި މަސައްކަތްކުރީ ގާނޫނުގެ ތެރެއިން އޭނާއާ މަތިކުރެވިފައިވާ ޒިންމާތައް އަދާކުރަށް ކަމަށެވެ. އަދި މި ހާލަތުން އަރައިގަންނަން އެ އޮތޯރިޓީ އާއި އޭނާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment