14 ޖުލައި 2024 - 12:32 0
އަހުމަދު އާއިދު
އެމްޑީޕީގެ ލީޑަޝިޕުން މިއަދު މަޖިލީހުގެ ރައީސް އަބްދުއްރަހީމާ ބައްދަލުކުރަނީ: އެމްޑީޕީން ވަނީ 18 ވަނަ މަޖިލިސް ތަކުރާރުނުކުރަން އިލްތިމާސްކޮށްފަ - ފޮޓޯ: އެމްޑީޕީ
14 ޖުލައި 2024 - 12:32 0
މައި އިދިކޮޅު ޕާޓީ އެމްޑީޕީގެ އިސް އޮފިޝަލުންގެ ޓީމަކުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ މިއަދު ބައްދަލުކޮށްފި އެވެ.
އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓާއި މަޖިލިސް އިދާރާއިން ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުން މަޖިލީހުގެ ރައީސް އާ ބައްދަލުކުރި އެމްޑީޕީގެ ޓީމުގައި ހިމެނެނީ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދުގެ އިތުރުން ތަރުޖަމާނު އަނަސް އަބްދުއްސައްތާރެވެ.
މި ބައްދަލުވުމުގައި މައިނޯރިޓީ ޕާޓީގެ ހައްގުތައް ހިމާޔަތްކޮށް، ވީހާވެސް ފުޅާކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ފައްޔާޒު އެދިވަޑައިގެންނެވި ކަމަށް އެމްޑީޕީއިން ބުނެފައިވެ އެވެ.
"މަޖިލީހުގެ މަސައްކަތް ކުރިއަށްދާއިރު 18 ވަނަ މަޖިލީހުގައި ކަންކަން ހިނގައިދިޔަ ގޮތަށް ފުރުސަތު ނުދެއްވުމަށް މިޕާޓީގެ ފަރާތުން އިލްތިމާސް ކުރެއްވި،" އެމްޑީޕީއިން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ބުނެފައިވެ އެވެ.
މަޖިލީހުގެ ރައީސްގެ އިތުރުން މި ބައްދުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ބައްދަލުވުމުގެ އިތުރު ތަފުސީލެއް މަޖިލީހުން ދީފައެއް ނުވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment