Advertisement

ބިދޭސީންގެ އެކޮމޮޑޭޝަން ހިދުމަތުން ލިބޭ ފައިސާއަށް ވުރެ މުހިންމީ މައްސަލައިގެ ހައްލު: އިހުސާން

14 ޖުލައި 2024 - 12:28 2

އަމަން ހަލީމް

އ

Advertisement

ހޯމް މިނިސްޓަރު އަލީ އިހުސާން ކެބިނެޓު ބައްދަލުވުމަކަށް ފަހު ނިކުމެވަޑައިގަންނަވަނީ: ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ތަންތަނުގެ ހާލަތު ރަނގަޅުކުރުން ސަރުކާރަށް މާ މުހިންމު ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ބިދޭސީންގެ އެކޮމޮޑޭޝަން ހިދުމަތުން ލިބޭ ފައިސާއަށް ވުރެ މުހިންމީ މައްސަލައިގެ ހައްލު: އިހުސާން

14 ޖުލައި 2024 - 12:28 2

Advertisement

Advertisement

ބިދޭސީން މަސައްކަތްތެރިން ބައިތިއްބަން މެލޭޝިއާގެ އަލްޓައިޒް ޑިޖިޓަލްއިން އަޅާ ޑޯމިޓޮރީތަކުން ސަރުކާރަށް އާމްދަނިއެއް ހޯދުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީގެ ދަށުގައި ހިމެނޭ އިދާރާތަކާއެކީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން މިހެން ވިދާޅުވީ، ބިދޭސީންނަށް އެކޮމޮޑޭޝަން ހިދުމަތް ފޯރުކޮށްދީގެން ލިބޭ ފައިސާގެ ބޮޑު ބަޔެއް އަލްޓައިޒްއަށް ލިބޭ ގޮތަށް އޮތުމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Advertisement

އެ ސުވާލަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ، ލިބޭނެ އާމްދަނީއެއް ނުވަތަ މާލީ މަންފާއަށް ވުރެ ބޮޑަށް ސަރުކާރުގެ ވިސްނުން ހުރީ ބިދޭސީ މަސައްކަތްތެރިން މިހާރު ދިރިއުޅޭ ތަންތަނުގެ ހާލަތު ރަނގަޅުކުރަން މަސައްކަތް ކުރަން ކަމަށެވެ.

"އެކަމަކު އެންޑް އޮފް ދަ ޑޭ އަޅުގަނޑުމެން މީތީގެ އެއްބަސްވާއިރުގައި އަޅުގަނޑުމެން މި މޮޑެލްއަކުން ސަރުކާރަށް ފައިދާ ހޯދުމެއް ނުވަތަ، ވިޔަފާރި ފައިދާ ހޯދުމެއް، މާލީ މަންފާ ހޯދުމެއް ނޫން މީގެ ބޭނުމަކީ. ސަރުކާރުގެ ބޭނުމަކީ ރާއްޖެއަށް ބޭނުންވެގެން އިމްޕޯޓުކުރާ ލޭބާ ރަނގަޅު ފެންވަރުގެ ތަންތަނުގައި އެ މީހުންނަށް އެކޮމޮޑޭޝަން ޖެހޭތޯ މަސައްކަތް ކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި، އަލްޓައިޒްގެ ހުށަހެޅުންތަކުގެ ބައެއް ތަފުސީލުތައް އިހުސާން ހިއްސާކުރެއްވިއިރު، ކުރިން ރިޕޯޓުކޮށްފައިވާ ގޮތަށް، އެ ކުންފުނިން އެކްސްކްލޫސިވިޓީއަށް އެދިފައިވާ ކަމާއި އެ ކުންފުނިން އަޅާ ޑޯމިޓޮރީތަކުގައި އަންސްކިލްޑް ކެޓެގަރީގައި ހިމެނޭ ގިނަ ލޭބަރުން ތިބެން މަޖުބޫރުކުރާ ގޮތަށް ސަރުކާރުގެ ވިސްނުން ހުރިކަން ކަށަވަރުކޮށްދެއްވި އެވެ.

Advertisement

މީގެ ތެރެއިން މިނިސްޓްރީން ގަބޫލުކުރާ ފެންވަރުގެ އެކޮމޮޑޭޝަންތައް ގާއިމުކޮށްފައިވާ ތަންތަން، ރިސޯޓުތަކުގެ މިސާލު ދެއްވަމުން، މި ޝަރުތުން އިސްތިސްނާ ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބިދޭސީންގެ އެކޮމޮޑޭޝަން ހިދުމަތް ފޯރުކޮށްދީގެން ލިބޭ އާމްދަނީ މުހިންމު ނޫން ކަމަށް ސަރުކާރުން ބުނި އިރު, މިހާރު އޮތް ގޮތަށް އެއްބަސްވެއްޖެ ނަމަ ގެއްލޭ އާމްދަނީ އާއި ބިދޭސީ ކުންފުންޏަކަށް އެކަނި ކުރެވޭ ގޮތަށް މިކަން ދޫކޮށްލާތީ އިދިކޮޅާއި ބައެއް އާންމުންގެ ކަންބޮޑުވުން އެބަހުއްޓެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އަދި ކުރިން ލިބިފައިވާ ލިޔެކިޔުންތަކުގައި ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް "އަދަދު" އިން ހިސާބުކުރިއިރު، އަލްޓައިޒްއިން ހުށަހަޅާފައިވާ ގޮތަށް އެއްބަސްވެއްޖެ ނަމަ ހަމައެކަނި އެކޮމޮޑޭޝަން ފޯރުކޮށްދީގެން އެ ކުންފުންޏަށް ބޮޑު އާމްދަނީއެއް ލިބެ އެވެ.

އަލްޓައިޒްގެ ހުށަހެޅުމަކީ އެތަނުން އަޅާ ޑޯމިޓޮރީތަކުގައި ތިބޭ ހުރިހާ ބިދޭސީންގެ އަތުން، ފުރަތަމަ އަހަރުގެ ތެރޭގައި ބޮލަކަށް މަހަކު 100 ޑޮލަރު އަދި އެ ފަހުން 120 ޑޮލަރު މަގުން އަގު ނަގާ ގޮތަށެވެ. މި އަގުގެ ތެރެއިން ސަރުކާރަށް ލިބެނީ އެންމެ ފަސް ޑޮލަރެވެ. ބާކީ 115 ޑޮލަރު ލިބެނީ އެ ކުންފުންޏަށެވެ.

މި ރޭޓުން ހިސާބު ކުރާއިރު، އެ ކުންފުނިން އަމާޒުކުރާ އެއް ލައްކަ މީހުންގެ ޖާގައިގެ އެކޮމޮޑޭޝަންތައް އަޅައިފި ނަމަ ދެވަނަ އަހަރުން ފެށިގެން މަހެއްގެ މައްޗަށް 11.5 މިލިއަން ޑޮލަރު އަދި އަހަރެއްގެ މައްޗަށް 138 މިލިއަން ޑޮލަރު ހަމައެކަނި އެކޮމޮޑޭޝަން ހިދުމަތުން ލިބޭނެ އެވެ.

މިހާރު ހުށަހަޅާފައިވާ 60 އަހަރަށް ސަރުކާރުން އެއްބަސްވެއްޖެ ނަމަ، އެ މުއްދަތުގެ ތެރޭގައި އެ ކުންފުންޏަށް މަދުވެގެން 8.2 ބިލިއަން ޑޮލަރު (127.6 ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބޭނެ އެވެ. އޭގެ ބަދަލުގައި ސަރުކާރަށް ލިބޭނީ 360 މިލިއަން ޑޮލަރު (5.5 ބިލިއަން ރުފިޔާ) އެވެ.

އަލްޓައިޒްގެ ހުށަހެޅުމެއް އޮތް ނަމަވެސް، އަދި އެއްބަސްވުމަކާ ހަމައަށް ނުދާ ކަމަށް އިހުސާން ވިދާޅުވި އެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ކުރޯނީކެޕިޓަލިސްޓް

8 months ago

ގޭގައި ތަންކޮޅެއް ހަދާފަ ބިދޭސީންނަށް ކުއްޔައް ދީގެން އާމްދަނީ ހޯދެން އޮތް ފުރުސަތު ރާއްޖޭން ބޭރުގެ މަލްޓިމިލިއަނަރަކަށް ދީގެން އާންމު ރައްޔިތުންނަށް އޮތް ފުރުސަތު ބަންދު ކުރަނީ ގައުމިއްޔަތު ކުރިއަރުވަންތޯ އެއްކަލަ ދިދަ ތޯ ބުނީ އެކަން އެކަން ކުރާށޭ ކުރޯނީ ކެޕިޓަލިޒަމް އެޓް އިޓްސް ފައިނެސްޓް ކޮމިއުނިޒަމް ފޯ ރިޗް ފޮރެނާރ

ބަދުރޭ

8 months ago

ދިވެހި ލޮބުވެތި ރައްޔިތުން އުޅޭނެ ތަނެއް ނުލިބިގެން ބޮޑެތި ކުލި ދައްކައިގެން އުޅޭ އިރު އެއިން ކަމެއް ހައްލުކުރުމުގެ ބަދަލުގަ މިފެއްނަނީ އެބަޔަކާހެދި ގައުމު ހަލާކުވެ ހުރިހާވައްތަރެއްގެ ކުށްކުރުމާ ހުރިހާ ވަޒީފާއެއް ހުސްކުރަމުންދާ މީހުން އަދިވެސް އިތުރުކުރާތަން، ސާބަހޭ ސަރުކާރު.