Advertisement

މޮރިޝަސް އިންޓަނޭޝަނަލް: ދެ ޒަޔާންގެ ޕެއާ ކުއާޓާ ފައިނަަލަށް

12 ޖުލައި 2024 - 17:10 0


މޮރިޝަސް އިންޓަނޭޝަނަލް: ދެ ޒަޔާންގެ ޕެއާ ކުއާޓާ ފައިނަަލަށް

12 ޖުލައި 2024 - 17:10 0

މޮރިޝަސްގައި މިހާރު ކުރިއަށްދާ ފެލޭޓް މޮރިޝަސް އިންޓަނޭޝަނަލް މުބާރާތުގައި ރިވައިވަލް ސްޕޯޓްސް ކްލަބް އިން ވާދަކުރާ، ޒަޔާން ޒަކީ އާއި ހަސަން ޒަޔާންގެ ޕެއާ ފިރިހެން ޑަބަލްސް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ގަދަ 16 ބުރަށް ޒަޔާން ޒަކީ އާއި ހަސަން ޒަޔާންގެ ޕެއާ ދަތުރުކުރީ، މޮރިޝަސްގެ ވެޑް ކަލީޗާން އާއި ކެލެން މުނިސާމީގެ ޕެއާ ބަލިކުރުމަށް ފަހު އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ، 21-05، 21-08 އިންނެވެ.

މިއަދު ކުޅުނު ގަދަ 16 ބުރުގެ މެޗުގައި، މޮރިޝަސްގެ ޕްރަނަވް ބައުގީރޮތީ އާއި ތޭޖަސް ސާވޫގެ ޕެއާއާ ބައްދަލުކޮށް، ޒަޔާން ޒަކީ އާއި ހަސަން ޒަޔާންގެ ޕެއާ މޮޅުވީ، ދެ ސެޓު އެއް ސެޓުންނެވެ. އެ ގޮތުން، މެޗުގެ ފުރަތަމަ ސެޓު، ޕްރަނަވް އާއި ތޭޖަސްގެ ޕެއާ އިން، 17-21 އިން ގެންދިޔަ އެވެ. އެކަމަކު، ޒަޔާން ޒަކީ އާއި ހަސަން ޒަޔާންގެ ޕެއާ އިން ފަހަތުން އަރައި މޮޅުވީ، ދެން ކުޅުނު ދެ ސެޓު، 21-17، 21-11 އިން ގެންގޮސްގެންނެވެ.

ކުއާޓާ ފައިނަލުގައި ޒަޔާން ޒަކީ އާއި ހަސަން ޒަޔާންގެ ޕެއާ ކުޅޭނީ އެންމެ ފަހުން ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ފިރިހެން ޑަަބަލްސް އިން ރިހި މެޑަލް ހޯދި ޕެއާއާ އެވެ.

ރިވައިވަލްއާ ގުޅުނު ފަހުން މިއީ، ހަަސަން ޒަޔާންގެ ފުރަތަމަ އިންޓަނޭޝަނަލް މުބާރާތެވެ. ހަސަން ޒަޔާން ވަނީ، ފިރިހެން ސިންގަލްސްގެ ކޮލިފައިން ބުރުގެ ފުރަތަމަ މެޗުން މޮޅުވެފަ އެވެ. އެއީ، މޮރިޝަސްގެ ޖެފްރޭ ޖޯސެފްއާ ވާދަކޮށް، 21-12، 21-12 އިންނެވެ. އެކަމަކު، ކޮލިފައިން ދެ ވަނަ މެޗުގައި އިންޑިއާގެ އަދިތުޔާ ބަޕިނީޑޫ އަތުން ހަސަން ޒަޔާން ބަލިވީ، 21-11، 21-06 އިންނެވެ.

ޒަޔާން ޒަކީ ކުޅުނީ މޮރިޝަސް މުބާާރާތުގެ ފިރިހެން ސިންގަލްސް މެއިން ޑްރޯ (ގަދަ 32 ކުޅުންތެރިންގެ ބުރު) ގަ އެވެ. ޒަޔާން ޒަކީ ވަނީ ފުރަތަމަ މެޗުން، ޖަޕާންގެ ޑައިގޯ ޓަނިއޯކާ އަތުން 21-06، 21-08 އިން ބަލިވެފަ އެވެ.

މޮރިޝަސް މުބާރާތުގައި ރިވައިވަލްގެ ކޯޗު، ނަޝްފާން މުހައްމަދު ވެސް ކުޅުންތެރިންނާ އެކު މަސައްކަތްކުރެ އެވެ.