Advertisement

ލަންކާގެ ޖޫނިއާ މުބާރާތުގައި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ވާދަކުރަނީ

12 ޖުލައި 2024 - 11:31 0

ލަންކާ މުބާރާތުގައި ވާދަކުރާ ފީލްޑް އެންޑް ޓްރެކް އެސޯސިއޭޝަންގެ އެތުލީޓުން.--- ފޮޓޯ: އަތޫފް އާތިފް / އަދަދު


ލަންކާގެ ޖޫނިއާ މުބާރާތުގައި ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ވާދަކުރަނީ

12 ޖުލައި 2024 - 11:31 0

ރާއްޖޭގައި އެންމެ އެކްޓިވް އެއް އެތުލެޓިކްސް ކްލަބް، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ސްރީ ލަންކާގައި މާދަމާ ފަށާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެ ގޮތުން، އެ ކްލަބްގެ 16 އެތުލީޓުން، ލަންކާގެ ޖޫނިއާ މުބާރާތުގައި ވާދަކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެ މުބާރާތަށް އެ އެތުލީޓުން ވަނީ މިހާރު ލަންކާ އަށް ގޮސްފަ އެވެ.

ލަންކާ މުބާރާތުގައި ފީލްޑް އެންޑް ޓްރެކް އެސޯސިއޭޝަންގެ އެތުލީޓުން ވާދަކުރަން ހަމަޖެހިފައިވާ އިވެންޓްތަކަށް ބަލާއިރު، 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމާއި 400 މީޓަރު ދުވުމާއި 800 މީޓަރު ދުވުމާއި 1500 މީޓަރު ދުވުމުގެ އިތުރުން، 3000 މީޓަރު ދުވުން ހިމެނެ އެެވެ. މީގެ އިތުރުން، ހާޑްލްސް އާއި ޖެވެލިން އާއި ޑިސްކަން ތުރޯ އަދި ޓްރިޕްލް ޖަމްޕް ވެސް ހިމެނެ އެވެ.

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަރާތުން ލަންކާ މުބާރާތުގައި ވާދަކުރާ އެތުލީޓުންނަކީ، ފަސޫހާ އަހުމަދު، އައިޝަތު ބިންތި އަހުމަދު، ޒީކް އަޝްރަފް ރަޝީދު، އައިދު އަބްދުﷲ ރިފާއު، މުހައްމަދު ހަލަފް ބިން އަފްރާހު، އައިޝަތު ލައިބާ ނިޝާން، އަމަތުﷲ ބިންތި ޔާމީން، މާވީ ޔޫސުފް އޮލާގާ މާގާ، ލޫތު މުހައްމަދު ފައިޒާން ސާބިގު، ޝުއާ އަހުމަދު ރިޝްފާން، އައިމިނަތު ލުމާ އަސްލަމް، އަހުމަދު އިޔާން އިގްބާލް މުހައްމަދު، މުހައްމަދު ނައުފް ނާޒިރު، ޒޯހާ ބިންތި އުސާމާ އަލީ، މުހައްމަދު އަޔާން ޝަފީއު އަދި އައިނީ މުހައްމަދު ނާސިރު އެވެ.

ފީލްޑް އެންޑް ޓްރެކް އެސޯސިއޭޝަންގެ އެތުލީޓުންގެ ތެރެއިން، މި ވަގުުތު އެންމެ ފޯމުގައި ހުރި އެއް އެތުލީޓަކީ، ފަސޫހާ އެވެ. ފަސޫހާ ވަނީ މިދިޔަ އަހަރެއްހާ ދުވަސް ތެރޭ، 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ފަސް ފަހަރެއްގެ މަތިން މުގުރާލައިފަ އެވެ. ލަންކާ މުބާރާތުގައި ފަސޫހާ 400 އާއި 800 މީޓަރު ދުވުމުގައި ވާދަކުރާނެ އެވެ.

މީގެ އިތުރުން، އަންހެނުންގެ ޑިސްކަސް އުކުމުގެ ގައުމީ ރެކޯޑް ނުވަ މަސް ތެރޭ ދެ ފަހަރެއްގެ މަތިން މުގުރާލި އައިނީ، ލަންކާ މުބާރާތުގެ ވެސް ޑިސްކަސް އުކުމުގެ އިވެންޓްގައި ވާދަކުރާނެ އެވެ.