11 ޖުލައި 2024 - 14:24 0
އެސޯސިއޭޝަން ކަޕްގައި ވެމްކޯ ކުޅުނު މެޗެއްގެ ތެރެއިން މާޖިދާ ޝޮޓެއް ފޮނުވާލަނީ.--- ފޮޓޯ: ވެމްކޯ
11 ޖުލައި 2024 - 14:24 0
މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުން ޕޮލިސް ކުލަބާ އެންމެ ފަހުގެ ޗެމްޕިއަން ކުލަބް ވެމްކޯ އެއް ވަނަ ޓީމުގެ ގޮތުގައި ޖާގަ ހޯދައިފި އެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް އިއްޔެ ކުޅުނުއިރު, އެންމެ ފަހުގެ ޗެމްޕިއަން ވެމްކޯ އިން ވަނީ ފަހު މެޗުވެސް ފަސޭހަކަމާއެކު ސީދާ ތިން ސެޓުން އެސޯސިއޭޝަން ފޯ ދަރަނބޫދޫ ޑިވެލޮޕްމަންޓްގެ މައްޗަށް ކުރިހޯދައިފަ އެވެ.
ތަފާތު މޮޅު ކުޅުމެއް ވެމްކޯގެ ފަރާތުން ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ވެމްކޯ އިން ގެންދިޔައީ 18-9, 18-6 އަދި 18-12 އިންނެވެ.
މި ނަތީޖާއާއެކު ގްރޫޕް އޭގެ އެއްވަނަ ވެމްކޯ އަށް ލިބުނީ ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ލިބިފަ އެވެ. ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ އިން ޖާގަ ހޯދީ ދަރަނބޫދޫ ޑިވެލޮޕްމަންޓް އެވެ. އެ ޓީމަށް ތިން މެޗުން ހަ ޕޮއިންޓް ވަނީ ލިބިފަ އެވެ.
ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ޕޮލިސް ސެމީ އިން ޖާގަ ހޯދީ ފަހު މެޗުގައި އަސްދިގަ ސްޕޯޓްސް ކުލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ.
މި މެޗުގެ ސެޓުތައް ޕޮލިސް ކުލަބުން ގެންދިޔައީ 18-2, 18-7 އަދި 18-10 އިންނެވެ.
މި ނަތީޖާ އާއެކު ޕޮލިހަށް ގްރޫޕްގެ އެއްވަނަ ލިބެނީ ކުޅުނު ތިން މެޗުން ލިބުނު އަށް ޕޮއިންޓާ އެކުގަ އެވެ. މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދަތުރުކުރި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނަށް ތިން މެޗުން ހަތް ޕޮއިންޓް ވަނީ ލިބިފަ އެވެ. ގްރޫޕް ސްޓޭޖުގައި އެ ޓީމު ބަލިވީ ޕޮލިސް ކުލަބް އަތުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment