Advertisement

އޮޑިޓާ ޖެނެރަލް އާއި ޓެކްސް ކޮމިޝަނަރު ވެސް މާދަމާ މަޖިލީހަށް ހާޒިރުކުރަނީ

7 ޖުލައި 2024 - 20:39 0

ނިމާ ހަސަން

ނިމާ ހަސަން

ޓެކްސް ކޮމިޝަނަރު ހަސަން ޒަރީރު އަދި އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ


އޮޑިޓާ ޖެނެރަލް އާއި ޓެކްސް ކޮމިޝަނަރު ވެސް މާދަމާ މަޖިލީހަށް ހާޒިރުކުރަނީ

7 ޖުލައި 2024 - 20:39 0

ޓެކްސް ކޮމިޝަނަރު ހަސަން ޒަރީރު އަދި އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވެސް މާދަމާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ގެންނަން ނިންމައިފި އެވެ.

މާދަމާ 11:00 ޖަހާއިރު ބާއްވާ މާލިއްޔަތު ކޮމިޓީއަށް މި ބޭފުޅުން ވަޑައިގަންނަވަނީ އެމްއެމްއޭގެ ފަރާތުން ސާފު ކުރަން ބޭނުންވާ މައުލޫމާތުތަކެއް ހުރުމުން އެކަމަށް ކޮމިޓީއިން އެދުމުންނެވެ.

އެ ދެ ބޭފުޅުންގެ އިތުރުން ގަވަރުނަރު އަލީ ހާޝިމް ވެސް މާދަމާގެ ކޮމިޓީއަށް ވަޑައިގަންނަވާނެ އެވެ.

ގަވަރުނަރު, ޓެކްސް ކޮމިޝަނަރު އަދި އޮޑިޓާ ޖެނެރަލްގެ އިތުރުން, ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދާއި އެސިސްޓެންޓް ގަވަރުނަރު އިދުހާމް ހުސެއިން ވެސް މާދަމާގެ ކޮމިޓީ ބައްދަލުވުމަށް ވަޑައިގަންނަވާނެ އެވެ.

މާލިއްޔަތު ކޮމިޓީއަށް މާދަމާ ހާޝިމް ވަޑައިގަންނަވާއިރު އޭނާ ވަކި ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް އެ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އެ މައްސަލަ މިހާރު އޮތީ މަޖިލީހުގެ ތަޅުމުގަ އެވެ.

ގަވަރުނަރު ހާޝިމް ވަކި ކުރުމަށް ހުށަހެޅުއްވީ މާލިއްޔަތު ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ. މެމްބަރު ނާޒިމް އެ މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއަށް މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ފެންނަމުން ނުދާ ކަމަށް ވިދާޅުވެ އެވެ.