Advertisement

އެންޑީއޭގެ ސީއީއޯ އިމާދު މަގާމުން ވަކިކޮށްފި

5 ޖުލައި 2024 - 23:33 3

އަހުމަދު އާއިދު

އަހުމަދު އާއިދު

އިމާދު ސޯލިހު (މ): އޭނާ ވަކިކުރަން ނިންމީ އެންޑީއޭގެ ބޯޑުން - ފޮޓޯ: އެންޑީއޭ


އެންޑީއޭގެ ސީއީއޯ އިމާދު މަގާމުން ވަކިކޮށްފި

5 ޖުލައި 2024 - 23:33 3

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމުގައި ހުންނެވި އިމާދު ސޯލިހު އެ މަގާމުން ވަކިކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިމާދު މަގާމުން ވަކިކުރަން ނިންމާފައިވަނީ މި ސަރުކާރުން އަލަށް އެކުލަވާލި އެންޑީއޭގެ ބޯޑުން ބޭއްވި ފުރަތަމަ ބައްދަލުވުމުގަ އެވެ.

އެންޑީއޭގެ އަލަށް އެކުލަވާލި ބޯޑުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، އެ އެޖެންސީގެ ޗެއާޕާސަނަށް އައްޔަންކޮށްފައިވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސައިން އެވެ.

އާ ބޯޑުން އިމާދު ވަކިކުރަން ނިންމާފައި ވާއިރު، އެންޑީއޭގެ ހިންގުމާއި ހިދުމަތް ދިނުމުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމުގެ ޝަކުވާ ތަކުރާރުކޮށް އެކި ފަރާތްތަކުން އިއްވަމުންދެ އެވެ.

މިދިޔަ ސަރުކާރުން އެންޑީއޭ ފުރަތަމަ ހިންގީ ޖެންޑާ މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް ފަހުން މަސްތުވާތަކެތީގެ ފަރުވާއަކީ ސިއްހީ ހިދުމަތެއް ކަމަށް ކަނޑައަޅާ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރި އެވެ.

ނަމަވެސް މި ސަރުކާރުން މަސްތުވާތަކެތީގެ މައްސަލަ ގައުމީ ސަލަމާތާ ބެހޭ މައްސަލައެއްގެ ގޮތުގައި ކަނޑައަޅާ އެންޑީއޭ ވަނީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. އަލަށް އެކުލަވާލި ބޯޑުގައި ސަރުކާރުގެ ކަމަބެހޭ ވުޒާރާތަކާއި އިދާރާތަކުގެ އިތުރުން މި ކަމުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން މެންބަރުން ހިމެނެ އެވެ.