Advertisement

އަދަދު ޕޯލް: ގިނަ މީހުން ދެކެނީ މެންބަރުންގެ މުސާރަ 40،000ރ. އަށްވުރެ ކުޑަ ކުރަންޖެހޭ ކަމަށް

4 ޖުލައި 2024 - 14:38 1

އަހުމަދު އާއިދު

އަހުމަދު އާއިދު

20 ވަނަ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އަދަދު ޕޯލް: ގިނަ މީހުން ދެކެނީ މަޖިލިސް މެންބަރުންގެ މުސާރަ 40،000 ރ. އަށްވުރެ ކުޑަ ކުރަންޖެހޭ ކަމަށް - ފޮޓޯ: މަޖިލިސް އިދާރާ


އަދަދު ޕޯލް: ގިނަ މީހުން ދެކެނީ މެންބަރުންގެ މުސާރަ 40،000ރ. އަށްވުރެ ކުޑަ ކުރަންޖެހޭ ކަމަށް

4 ޖުލައި 2024 - 14:38 1

ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ދޭ މުސާރަ 40،00 ރ. އަށްވުރެ ކުޑަކުރަން ގިނަ މީހުން ބޭނުންވާ ކަމަށް "އަދަދު" ނޫހުން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ނެގި ޕޯލަކުން ދައްކައިފި އެވެ.

އެ ޕޯލުގެ ސުވާލަކީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް އެލަވަންސާއެކު ލިބެން ޖެހޭ ޖުމްލަ މުސާރައަކީ ކޮބާތޯ އެވެ. މި ޕޯލަށް 24 ގަޑީރުގެ ތެރޭގައި 677 މީހަކު ވަނީ ވޯޓުލާފަ އެވެ.

އޭގެ ތެރެއިން 44.5 އިންސައްތަ މީހުން ވޯޓު ދީފައިވަނީ ޖުމްލަ މުސާރަ ހުންނަން ޖެހޭނީ 40،000ރ. ގައި ކަމަށެވެ. މުސާރަ 40،000ރ. އާއި 60،000ރ. އާ ދެމެދުގައި ބަހައްޓަން 36 އިންސައްތަ މީހުންނެވެ. މުސާރަ 60،000ރ. އާއި 80،000ރ. އާ ދެމެދު ބެހެއްޓުމަށް ވޯޓު ދީފައިވަނީ އެންމެ އަށް އިންސައްތަ މީހުންނެވެ.

މިހާރު އުސޫލު އޮތް ގޮތުން އެލަވަންސްތަކާއެކު މަޖިލީހުގެ ކޮންމެ މެންބަރަކަށް މަހު މުސާރައިގެ ގޮތުގައި 82,500ރ. ލިބޭނެ އެވެ. މި އަދަދުގައި މަޖިލިސް މެންބަރުންގެ މުސާރަ ދަމަހައްޓަން ފެންނަ ކަމަށް ޕޯލުގައި ބައިވެރިވި މީހުންގެ ތެރެއިން ވޯޓު ލާފައިވަނީ 10.9 އިންސައްތަ މީހުންނެވެ.

މަޖިލިސް މެންބަރުންގެ އަދަދު އެއްވަރެއްގައި ހިފަހައްޓާ މެންބަރުންގެ މުސާރަ ކުޑަކުރަން ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. މި ސަރުކާރުގެ ގިނަ ކެންޑިޑޭޓުން މަޖިލިސް ކެމްޕޭނުގައިވެސް އެ ވައުދުވި އެވެ. ނަމަވެސް އިންތިހާބުގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމާއެކު މެންބަރުންގެ ރާގު ވަނީ ބަދަލުވެފަ އެވެ.

އެގޮތުން, އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ މުސާރަ ބޮޑު ނޫން ކަމަށް ވިދާޅުވެ، މުސާރަ ކުޑަކުރުމާ ދެކޮޅަަށް އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ގަރާރު ހުށަހެޅުއްވި، ބާރަށު ދާއިރާގެ މެންބަރު ޝުޖާއު އެވެ.

"ރައްޔިތުންގެ ތެރޭގައި ވެސް ވަރަށް ގިނައިން ދެކެވޭ ވާހަކައެއް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ [މުސާރަ ބޮޑު ވާހަކަ އަކީ]، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ރައްޔިތުންގެ މަޖިލީހަށް ލިބޭ މުސާރަ ކުޑަ، އިއްޒަތްތެރި ރައީސް، މި އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރަ ކުޑަ،" ޝުޖާއު ވިދާޅުވި އެވެ.