Advertisement

ޔޫރޯ އަށް ފަހު ރޮނާލްޑޯ ރިޓަޔަކުރާނެ، 2026 ގެ ވޯލްޑް ކަޕްގައި ނުފެންނާނެ

4 ޖުލައި 2024 - 10:10 0


ޔޫރޯ އަށް ފަހު ރޮނާލްޑޯ ރިޓަޔަކުރާނެ، 2026 ގެ ވޯލްޑް ކަޕްގައި ނުފެންނާނެ

4 ޖުލައި 2024 - 10:10 0

މިއުނިކް (ޖުލައި 4) - ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކުރާނެ ކަމަށާއި 2026 ގެ ފީފާ ވޯލްޑް ކަޕްގައި އޭނާ ނުކުޅޭނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑަރީ، ކޯޗު އަލެކްސް ފާގަސަން ބުނެފި އެވެ.

ރޮނާލްޑޯ، 39، އަށް މި ފަހަރުގެ ޔޫރޯގައި އަދި އޯޕަން ޕްލޭ އިން ލަނޑެއް ނުޖެހެ އެވެ. އަދި ގަދަ 16 ބުރުގައި ސްލޮވީނިއާއާ ދެކޮޅަށް މެޗުގެ ތެރެއިން ލިބުނު ޕެނަލްޓީ އެއް ރޮނާލްޑޯ އަށް ނާކާމިޔާބުވި އެވެ. އެކަމަކު، ޕެނަލްޓީ ޝޫޓްއައުޓްގައި ރޮނާލްޑޯ ޖެހި ޕެނަލްޓީ ކާމިޔާބެވެ. އެ ޕެނަލްޓީ ގޯލަށް ވައްދާލުމަށް ފަހު، ރޮނާލްޑޯ ސަޕޯޓަރުން ކިބައިން މައާފަށް އެދުނެވެ.

އެ މެޗަށް ފަހު ރޮނާލްޑޯ ވަނީ، މިއީ އޭނާގެ ފަހު ޔޫރޯ ކަމަށް ބުނެފަ އެވެ. އެކަމަކު، އޭނާ އަށް މެންޗެސްޓާ ޔުނައިޓެޑްގައި ކޯޗުކޮށްދިން ފާގަސަން ބުނީ، މިއީ ގައުމީ ޓީމަށް ރޮނާލްޑޯގެ ފަހު މުބާރާތް ކަމަށެވެ.

"އަހަރެން ހިޔާލަށް ވެސް ނާދޭ ތި ކަމެއް (2026ގެ ވޯލްޑް ކަޕްގައި ރޮނާލްޑޯ ކުޅެފާނެއޭ،" ފާގަސަން، ސްޕޯޓްސްބިލްޑް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ،

"ފުޓްބޯޅަ ކުރިއަށް އޮތް އަހަރުތަކުގައި ވަރަށް ފާސްޓްވެފައި، އެތުލެޓިސިޒަމް ކަންކަން އިތުރަށް ވަރުގަދަވާނެ. އަދި ސެންޓަރު ސްޓްރައިކަރަށް ކުޅޭ ކުޅުންތެރިންނަށް ލިބޭ ޖާގަތަށް މިހާރަށް ވުރެ ކުޑަވާނެ. ޑިފެންޑަރުންނަށް ވުރެ އެޓޭކަރުންނަށް ދޮށީ އުމުރުގައި ކުޅެން އުނދަގޫވާނީ،،"

ފާގަސަން ބުނީ، އިތުރު ތަށްޓެއް ހޯދަން މަޑުކުރުމަށް ވުރެ ރޮނާލްޑޯ ވިސްނުން ތޫނު ވާނެ ކަމަށާއި ޔޫރޯ އަށް ފަހު ރިޓަޔާކުރަން ރޮނާލްޑޯ ނިންމިޔަސް، އޭނާ ފަހުރުވެރިވާނެ ފަދަ އާދަޔާހިލާފު ކެރިއަރެއް އެބައޮތް ކަމަށެވެ.