Advertisement

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ އަނިޔާވި މީހާގެ ހާލު ސީރިއަސް

3 ޖުލައި 2024 - 11:32 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހުޅުމާލެ: މަގުމަތީގައި ހިނގާ ގިނަ އެކްސިޑެންޓުތައް ހިނގަނީ ހުޅުމާލޭގައި -- ފޮޓޯ: އަދަދު


ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ އަނިޔާވި މީހާގެ ހާލު ސީރިއަސް

3 ޖުލައި 2024 - 11:32 2

ހުޅުމާލޭ ފޭސް ދޭއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 19 އަހަރުގެ ދިވެހި ފިރިހެނެއް ވަރަށް ބޮޑަށް ޒަހަމުވެއްޖެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފަސްވަނަ ޓަވަރު ކައިރީގައި ކަމަށެވެ. އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓު ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކާރެއްގައި ޖެހި، ކޮންޓްރޯލުން ނައްޓައިގެން ގޮސް އިތުރު ކާރެއްގައި ޖެހިގެންނެވެ. ފުލުހުން ބުނީ އެކްސިޑެންޓުގައި ޒަހަމުވި ދިވެހި ފިރިހެން މީހާ އަތުގައި ސައިކަލު ދުއްވުމުގެ ލައިސެންސް ނެތް ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހެނދުނު 8:15 ގައި ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.