Advertisement

ޝިއުނާ، މަލްޝާ އަދި މަހްޒޫމް މަސައްކަތެއް ނުކުރައްވަައި މުސާރައިގެ ގޮތުގައި 567,000ރ. ނަންގަވައިފި

3 ޖުލައި 2024 - 05:53 2

އަހުމަދު އާއިދު

އ

Advertisement

ރައީސް މުއިއްޒު، ސަސްޕެންޝަނުގައި ތިއްބެވި މަލްޝާ (ވ) އަދި ޝިއުނާ އާއެކު - ފޮޓޯ: ރައީސް އޮފީސް


ޝިއުނާ، މަލްޝާ އަދި މަހްޒޫމް މަސައްކަތެއް ނުކުރައްވަައި މުސާރައިގެ ގޮތުގައި 567,000ރ. ނަންގަވައިފި

3 ޖުލައި 2024 - 05:53 2

Advertisement

Advertisement

ޖެނުއަރީ މަހުން ފެށިގެން ސަސްޕެންޝަނުގައި ތިބި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ، މަލްޝާ ޝަރީފާއި, މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ވަޒީފާގެ އެއްވެސް މަސައްކަތެއް ނުކުރައްވާ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ނެންގެވި ފައިސާގެ އަދަދު ފަސް ލައްކަ ރުފިޔާ ހުރަސްކޮށްފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރި މައްސަލައިގައި އެ ތިން ނައިބު މިނިސްޓަރުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކުރީ މި އަހަރުގެ ޖެނުއަރީ 7، ގަ އެވެ. އަދި ނައިބުންތައް ސަސްޕެންޑުކުރީ މައްސަލަ އިތުރަށް ބަލަން ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު، އިބްރާހިމް ހަލީލް އޭރު ވިދާޅުވެފައިވެ އެވެ.

Advertisement

މިކަމާ ގުޅިގެން ތިން ނައިބުން ސަސްޕެންޑުކުރި ސަބަބާއި މާޗު މަހުގެ 27 އާ ހަމައަށް ދީފައިވާ މުސާރަ އާއި އިތުރު ފިޔަވަޅެއް އަޅާފައިވޭތޯ ބެލުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން ވާނީ ހުށަހަޅާފަ އެވެ.

މިނިސްޓްރީން އެ އާރުޓީއައި ރިކުއެސްޓަށް ޖަވާބުދީފައިވަނީ އޭގެ ތިން މަސްފަހުން އިއްޔެ އެވެ. އެ ޖަވާބުގައިވާ ގޮތުން ޖެނުއަރީ އިން މާޗުގެ ނިޔަލަށް ކޮންމެ ނައިބަކަށް ދިން މުސާރައިގެ ޖުމްލަ އަދަދަކީ 94،500ރ. އެވެ. އެއީ މަހަކަށް 31،500ރ. އެވެ.

ވެރިންގެ ބަސްމަގުގެ ސަބަބުން 2 ބިލިއަން ރުފިޔާގެ ގެއްލުން!

އަމީރު އިޝާރާތް އެ ކުރެއްވީ ރައީސް މުއިއްޒުގެ އިތުރުން ޑެޕިއުޓީ ތިން މިނިސްޓަރަކު، ރާއްޖޭގެ އެންމެ އަވައްޓެރި އިންޑިއާއަށް ބަދުބަސް ބުނެ، އަދި ބައެއް ބޭފުޅުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށް ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވާ މައްސަލައަށެވެ.

ވެރިންގެ ބަސްމަގުގެ ސަބަބުން 2 ބިލިއަން ރުފިޔާގެ ގެއްލުން!

އަމީރު އިޝާރާތް އެ ކުރެއްވީ ރައީސް މުއިއްޒުގެ އިތުރުން ޑެޕިއުޓީ ތިން މިނިސްޓަރަކު، ރާއްޖޭގެ އެންމެ އަވައްޓެރި އިންޑިއާއަށް ބަދުބަސް ބުނެ، އަދި ބައެއް ބޭފުޅުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށް ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވާ މައްސަލައަށެވެ.

Advertisement

އޭގެ ފަހުން ހިނގާދިޔަ ތިން މަސްދުވަހުގެ މުސާރަ އެއް ކޮށްލުމުން ސަސްޕެންޝަނުގެ މުއްދަތުގައި މިއަދާ ހަމައަށް ކޮންމެ ނައިބު ވަޒީރަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 189،000ރ. ދީފައިވެ އެވެ. މި ހިސާބުތަކުން އިނގޭ ގޮތުގައި ވަޒީފާގެ އެއްވެސް މަސައްކަތެއް ނުކުރައްވާ ޝިއުނާ، މަލްޝާ އަދި މަހްޒޫމު ވަނީ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ޖުމްލަ 567،000ރ. ވަނީ ދައުލަތުގެ ބަޖެޓުން ދީފަ އެވެ.

ޔޫތު މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ތިން ނައިބުން ސަސްޕެންޑުކުރަން ނިންމީ ސުލޫކީ މިންގަނޑާ ހިލާފުވެގެންނެވެ. އެއީ ރައީސް އޮފީހުގެ ނިންމުމެއް ކަމަށާއި މައްސަލަ އަދިވެސް ބަލަމުން ދަނީ އެ އޮފީހުން ކަމަށް މިނިސްޓްރީގެ ޖަވާބުގައި ބުނެފައިވެ އެވެ.

އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން އެ ގައުމުގެ މަޝްހޫރު ފިލްމީ ތަރިންނާއި އެ ގައުމުގެ ރައްޔިތުން ވަނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ބޮއިކޮޓު ކުރުމަށް ގޮވާލާ ކެމްޕޭނެއްވެސް ކުރިއަށް ގެންދިޔަ އެވެ. މީގެއިތުރުން މި މައްސަލާގައި ދެ ގައުމުގެ ދެމެދުގައި ހާރިޖީ ބޮޑު ކޯޅުމެއްވެސް ހިނގާދިޔަ އެވެ.

ނައިބުންގެ ބަސްމަގާއި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ދެ ބިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ވަނީ ޖޫން 30، ގައި ވިދާޅުވެފަ އެވެ.

އަމީރު ވިދާޅުވީ މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ކުރީ އަހަރަށް ވުރެ 47،000 މަދުވެފައިވާ ކަމަށެވެ. އެގެ ސަބަބުން ޓެކްސްގެ ގޮތުގައި ލިބެންޖެހޭ 450 މިލިއަން ރުފިޔާ ގެއްލިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ޖުމުލަ ގޮތެއްގައި 2.3 ބިލިއަން ރުފިޔާގެ ގެއްލުންވެފައިވޭ،" އަމީރު ވިދާޅުވި އެވެ.

Advertisement

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

އެލްއެލް

9 months ago

މަސައްކަތް ކުރޭ ޓްވިޓާގަ.

މަހުމަޑު

9 months ago

ރައްޔިތުންގެ ލާރި ތައް ފެލަނީ