2 ޖުލައި 2024 - 12:07 0
ނިމާ ހަސަން
ޗާޓާޑް އެކައުންޓެންޓުން ތަމްރީނު ކުރުމަށް މިދިޔަ އަހަރު ދިން 200 ސްކޮލާޝިޕް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
2 ޖުލައި 2024 - 12:07 0
ޕްރޮފެޝަނަލް ޗާޓާޑް އެކައުންޓެންޓުން ތަމްރީނު ކުރަން "ޕްރޮފެޝަނަލަ އެކައުންޓެންޓްސް ޓްރެއިނިން ސްކޮލާޝިޕް ސްކީމް 2024" ގެ ނަމުގައި 100 ފުރުސަތު ހުޅުވާލައިފި އެވެ.
އެކައުންޓެންޓުން ތަމްރީނު ކުރުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި 100 ފުރުސަތު ބަހާލާފައިވަނީ ޕަބްލިކް ކެޓަގަރީ އާއި އޯޕަން ކެޓަގަރީ އަށެވެ. އެއީ ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ މީހުންނަށް ހުޅުވާލި 50 ފުރުސަތާއި އަމިއްލަ އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނާއި ވަޒީފާގައި ނޫޅޭ މީހުންނަށް ހުޅުވާލި 50 ފުރުސަތެވެ.
މި ސްކޮލާޝިޕްގެ ދާއިރާއަކީ އެސޯސިއޭޝަން އޮފް ޗާޓާޑް ސެޓިފައިޑް އެކައުންޓެންޓްސް (ACCA) ސްކިލްސް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް އަދި ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް އެކައުންޓެންޓްސް (CIMA) މެނޭޖްމަންޓް ލެވެލް އަދި ސްޓްރެޓީޖިކް ލެވެލް އެވެ.
ސްކޮލާޝިޕަށް ހުށަހެޅުމުގެ ޝަރުތުތަކަކީ:
މި ސްކޮލާޝިޕަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށެވެ. މިއަހަރު ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލީ ޖުލައި 31، ގެ މެންދުރު 1:00 ގެ ނިޔަލަށެވެ.
ޗާޓާޑް އެކައުންޓެންޓުން ތަމްރީނު ކުރުމަށްޓަކައި މިއަހަރު 100 ސްކޮލާޝިޕް ފުރުސަތު ހުޅުވާލިއިރު, މިދިޔަ އަހަރު 200 ފުރުސަތު އަދި އޭގެ ކުރީ އަހަރު 150 ފުރުސަތު ހުޅުވާލި އެވެ.
Comment