Advertisement

މިއީ ފަހު ޔޫރޯ: ރޮނާލްޑޯ، ޕޯޗުގަލްއަށްޓަކައި ގުރުބާންވާން ތައްޔާރު

2 ޖުލައި 2024 - 09:42 0


މިއީ ފަހު ޔޫރޯ: ރޮނާލްޑޯ، ޕޯޗުގަލްއަށްޓަކައި ގުރުބާންވާން ތައްޔާރު

2 ޖުލައި 2024 - 09:42 0

ސްޓުޓްގާޓް (ޖުލައި 2) - މިއީ ކެރިއަރުގެ ފަހު ޔޫރޯ ފުޓޯޅަ މުބާރާތް ކަމަށާއި, ޕޯޗުގަލް އަށްޓަކައި މި ފަހަރުގެ ޔޫރޯ ކާމިޔާބުކުރަން ގުރުބާންވާން ތައްޔާރަށް ހުރި ކަމަށް އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ދެ ވަނަ ބުރުގައި ސްލޮވީނިއާގެ މައްޗަށް ޕެނަލްޓީގައި 3-0 ގެ ނަތީޖާ އަކުން ޕޯޗުގަލް ކުރި ހޯދި މެޗަށްފަހު ރޮނާލްޑޯ ބުނީ, ދެން އިތުރު ޔޫރޯ އަކުން ނުފެންނާނެ ކަމަށާއި މިއީ ފަހު މުބާރާތް ކަަމަށެވެ.

މި މެޗުގައި ލަނޑު ޖަހަން އެންމެ ހުސް ފުރުސަތު ލިބުނީ ރޮނާލްޑޯ އަށެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޕޯޗުގަލް އަށް ލިބުނު ޕެނަލްޓީ ރޮނާލްޑޯ ފޮނުވާލި ނަމަވެސް ސްލޮވާކިއާގެ ކީޕަރު ޔަން އޮބްލަކް ވަނީ ޕެނަލްޓީ ދިފާއު ކޮށްފަ އެވެ. އެކަމަކު, ޕޯޗުގަލް އިން މެޗުގެ ޕެނަލްޓީގައި ފުރަތަމަ ޖެހި ޕެނަލްޓީ ރޮނާލްޑޯ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. އެ ޕެނަލްޓީ އަށްފަހު, ރޮނާލްޑޯ ވަނީ ސަޕޯޓަރުންގެ ކިބައިން މާފަށް ވެސް އެދިފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔޫރޯގެ ގިނަ ރެކޯޑްތަކެއް ހޯލްޑްކުރާ، ރޮނާލްޑޯ ބުނީ، ޔޫރޯގެ ހަ މުބާރާުތުގައި ކުޅުމަށް ފަހު ދެން އިތުރަށް ނުފެންނާނެ ކަަމަށެވެ.

"ޔަގީނުންވެސް މިއީ އަހަރެންގެ ފަހު ޔޫރޯ. ދެން މި މުބާރާތުގައި ކުޅުންތެރިއެއްގެ ގޮތުގައި އަހަރެން ނުފެންނާނެ." ރޮނާލްޑޯ 39, ބުންޏެވެ.

ޔޫރޯގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަދި އެންމެ ގިނަ އެސިސްޓް ހެދުމުގެ އިތުރުން އެންމެ ގިނަ ޔޫރޯ ކުޅުނު ކުޅުންތެރިޔަކީ ވެސް ރޮނާލްޑޯ އެވެ.

ރޭ ކުޅުނު، ސްލޮވީނިއާ މެޗަކީ ޔޫރޯގައި ރޮނާލްޑޯގެ 51 ވަނަ މެޗެވެ.

ރޮނާލްޑޯ ބުނީ ޕޯޗުގަލް އަށް ޓަކައި ގުރުބާންވާން އޭނާ ތައްޔާރަށް ހުރި ކަމަށެވެ. އަދި ޕޯޗުގަލް އަށް މިދިޔަ 20 އަހަރުގައި އޭނާ ކުޅުނު ކޮންމެ މެޗެއްގައިވެސް ކުޅުނީ އެ އަޒުމުގައި ކަމަށެވެ. އަދި އެކަން ބަދަލުނުވާނެ ކަމަށާއި, ދެވަނަ ފަހަރަށް ޕޯޗުގަލްއާ އެކު ޔޫރޯ ކާމިޔާބުކުރަން ތައްޔާރަށް ހުރި ކަމަށެވެ.

ޔޫރޯގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލުން ނުކުންނަން ޖެހޭނީ ވަރުގަދަ ފްރާންސްއާ ދެކޮޅަށެވެ. މީގެ ކުރިން، 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ މުބާރާތުގެ ފައިނަލުގައި އެ ޓީމު ބަލިކޮށް ޕޯޗުގަލުން ތަށި އުފުލާލި އެވެ.