1 ޖުލައި 2024 - 08:48 1
ލީވާން އަލީ ނާސިރު
ހުސެއިން އާދަމް ބިލްޑިން: ރައީސްއަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައިގައި ސިހުރު ހެދި ކަމަށް ތުހުމަތުކުރާ މީހާ ވަނީ ދޫކޮށްލާފައި --
1 ޖުލައި 2024 - 08:48 1
ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިހުރު ހެދި ކަމަށް ބުނާ މައްސަލައިގައި ސިހުރު ހެދި ކަމަށް ތުހުމަތު ކުރާ މީހާ ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި ރައީސް މުއިއްޒުއަށް ސިހުރު ހެދި ކަމަށް ތުހުމަތު ކުރަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ މުލީއާގޭގެ ކުރީގެ ކައްކާ ހުސެއިން ސަމީރުގެ މައްޗަށެވެ. އޭނާ މިހާރު ވަނީ ދޫކޮށްލާފަ އެވެ.
މައްސަލައާ ގުޅިގެން ދެން ހައްޔަރުކުރީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އާއި އޭނާގެ ކޮއްކޮ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ހައްވާ ސަނާ އެވެ.
"އެންގީ ގާތުން ދޭން ބޭނުމިއްޔާ ކަސްޓޯޑިއަލްއަށް ގެންނަން"
ސިހުރު ހެދުމުގެ ތުހުމަތުގައި ޝަމްނާޒު ހައްޔަރު ކޮށްފައި ހުންނަތާ ހަތް ދުވަސް ފާއިތުވެގެން ދިޔައިރު، އޭނާގެ ދަރިފުޅަށް އަދި ޝަމްނާޒެއް ނުފެނެ އެވެ. ޝަމްނާޒުގެ މައްސަލައާ ގުޅޭގޮތުން ފުލުހުން މައުލޫމާތެއް ވެސް ހިއްސާއެއް ނުކުރެ އެވެ.
"އެންގީ ގާތުން ދޭން ބޭނުމިއްޔާ ކަސްޓޯޑިއަލްއަށް ގެންނަން"
ސިހުރު ހެދުމުގެ ތުހުމަތުގައި ޝަމްނާޒު ހައްޔަރު ކޮށްފައި ހުންނަތާ ހަތް ދުވަސް ފާއިތުވެގެން ދިޔައިރު، އޭނާގެ ދަރިފުޅަށް އަދި ޝަމްނާޒެއް ނުފެނެ އެވެ. ޝަމްނާޒުގެ މައްސަލައާ ގުޅޭގޮތުން ފުލުހުން މައުލޫމާތެއް ވެސް ހިއްސާއެއް ނުކުރެ އެވެ.
މައްސަލައާ ގުޅިގެން ޝަމްނާޒް އާއި ސަނާ ދިރިއުޅެމުންދިޔަ އެޕާޓްމެންޓު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސް ކުރި އެވެ. އެ ގެއިން ބައެއް ތަކެތި ވެސް ފުލުހުން ގެންދިޔަ އެވެ. ޝަމްނާޒުގެ ފޯނު ވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ޝަމްނާޒް ހައްޔަރު ކުރި ފަހުން, އޭނާ އާއި އޭނާގެ ކުރީގެ ފިރިމީހާ، ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް، ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ވެބްސައިޓުން ދައްކަނީ ޝަމްނާޒް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
0.00%
0.00%
0.00%
100.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment