1 ޖުލައި 2024 - 05:42 1
1 ޖުލައި 2024 - 05:42 1
ހުޅުމާލޭ ފޭސް އެކަކުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޕިކަޕެއް ހުއްޓުވައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގަނެފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝް ދެ ފިރިހެނުން ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ހުޅުމާލެ ޕެޓްރޯލް ކުރަމުންދަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޕިކަޕެއް ރޭ 19:51 ހާއިރު ހުއްޓުވައި ބަލައިފާސްކުރުމަށް ފަހު އެވެ.
"އެ ޕިކަޕު ހުއްޓުވައި، އޭގައި ތިބި މީހުންނާ ސުވާލުކުރުމުން ތުހުމަތު ކުރެވިގެން އެ ޕިކަޕުގައި ހުރި ފޮށިގަނޑުތަކެއް ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 150 ފުޅިއާއި ފައިސާތަކެއް ފެނިފައިވެ," ފުލުހުން ބުނެފައިވެ އެވެ.
ދޭތެރެ ދޭތެރެއިން ޕިކަޕްތަކުގައި އުފުލާ ބަނގުރާ ފުލުހުން އަތުލައިގަނެ އެވެ. މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ސައިޚް
9 months ago
ކޯރޓައް ދާހިސާބުން ގެއްލޭނީ ހައްޔަރުކުރި ރިޕޯރޓު ތޯއްޗެ. ދެން ކިހިނެއް ވާނީ.؟
Comment