1 ޖުލައި 2024 - 04:58 3
ސާއިފް ޝިޔާދު
ގދ. އަތޮޅު ކައުންސިލް ބައްދަލުވުމެއްގެ ތެރެއިން. މަޖިލިސް ނައިބު ރައީސް ވަނީ މި ކައުންސިލް ކުރި ދަތުރަކާ ގުޅޭ ކަންބޮޑުވުން ފާޅުކުރައްވާފައި --- ފޮޓޯ: ގދ. އަތޮޅު ކައުންސިލް
1 ޖުލައި 2024 - 04:58 3
މިއަހަރުގެ ތެރޭގައި ގދ. އަތޮޅު ކައުންސިލުން ތުރުކީ އަށާއި ދުބާއީއަށް ކުރި ދަތުރުކަށް 837,000ރ. ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވެ ކައުންސިލްތަކުން މާލީ ޒިންމާދާރުކަމެއް ނެތި ހަރަދުކުރާތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސް ކުރައްވަމުން ދިއްގަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ ފިސްކަލް ޒިންމާއަށް ޒިންމާވުމުގެ ބާރު ދައުލަތުގައި ނެތް ހާލަތު މިހާރު އޮތް ބައެއް ގާނޫނުތަކުގެ ސަބަބުން ފަހިވެފައިވާ ކަމަށެވެ. ކައުންސިލްތަކުގެ ގާނޫނުގެ ދަށުން ދީފައިވާ ބާރު ކައުންސިލްތަކުން ހިފަނީ އެއްވެސް މާލީ ޒިންމާދާރުކަމެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.
"ބްލޮކް ގްރާންޓްގެ ގޮތުގައި 2024 ގައި 2.2 ބިލިއަން ރުފިޔާ ސަރުކާރުން ކައުންސިލްތަކަށް އެބަދޭ. އަތޮޅު ކައުންސިލްތަކުން އިގުތިސޯދު މިހާ ދަތިވެފައި އޮތް ދަނޑިވަޅެއްގައި އަތޮޅު ކައުންސިލްތަކުން ތުރުކީ އާއި ދުބާއީ އާއި ބެންކޮކަށް ދަތުރުކުރަމުންދާކަން ފާހަގަކުރަން," ނާޒިމް ވިދާޅުވި އެވެ.
އަންނަ ޖުލައި 26, ގެ ބަންދުގައި ވެސް ހއ. އަތޮޅު ކައުންސިލަރުން ބެންކޮކް ދަތުރެއް ރާވާފައިވާ ކަމަށް ވިދާޅުވެ ނާޒިމް ވަނީ މިއަހަރުގެ ތެރޭގައި ގދ. އަތޮޅު ކައުންސިލުން ބޭރަށް ކުރި ދަތުރެއްގެ ތަފްސީލު ހިއްސާކުރައްވާފަ އެވެ.
"ގދ. އަތޮޅު ކައުންސިލަރުން 12 ދުވަހަށް ތުރުކީއަށް ތިން ދުވަހަށް ދުބާއީއަށް ދަތުރުކުރުމަށް 837,078.96ރ. ހަރަދުކޮށްފައިވޭ. ޑޮލަރު ގަތީ ކަޅު ބާޒާރުން 17.60ރ. އަށް. މިއީއެއް ނޫން އަޅުގަނޑުމެން ކުރަންވީ ކަމަކީ. އަޅުގަނޑުމެން އެބަޖެހޭ ޒިންމާދާރުވާން," ނާޒިމް ހާމަކުރެއްވި އެވެ.
ކައުންސިލްތަކުގެ ގާނޫނަށް ގެނަން ޖެހޭ އިސްލާހެއް ގެނެސްގެން ނަމަވެސް ދައުލަތުގެ ވިސްނުމާ އެއްގޮތަށް ކައުންސިލްތަކުގެ ވިސްނުން ވެސް އެއްގޮތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގދ. އަތޮޅު ކައުންސިލްގެ ރައީސަކީ ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބުވެވަޑައިގެންނެވި ހަސަން ފައިހަތު ގުދުރަތުالله އެވެ. އޭނާގެ އިތުރުން އެ ކައުންސިލުގައި އެމްޑީޕީގެ ހަތަރު މެންބަރުންނާއި ޕީޕީއެމް/ޕީއެންސީގެ ހަތަރު މެންބަރުން އަދި މިނިވަން މެންބަރަކު ހިމެނެ އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
އަލިބެ..
9 months ago
ކޮބާ މައްސަލައަކީ! އެއީވެސް ރައްޔިތުން އިންތިޚާބުކޮށްފައި ތިބިބައެއް. އަހަރަކު އެއްފަހަރު ދަތުރެއްކޮށްލީމާ އެވާހަކަ ދައްކާއިރު މާލޭގެ މިނިސްޓްރީތަކުގެ ޢިއްޒަތްތެރިން މަހަކު ދެފަހަރު ކުރާ ދަތުރުތައް ހަމަ ރަގަޅު.
މާލޭބޮޑުމީހާ
9 months ago
ދައުލަތުގެ މާލިއްޔާއަކީ ރާއްޖެތެރޭ މީހުން އެއާ ބެހެންޖެހޭ އެއްޗެއް ނޫން. މާލޭ ބަޔަކު ކުރާހާކަމެއް ރާއްޖެތެރޭ މީހުން ކުރާކަށް ނުޖެހޭ.
ޝޮއްޕޭ
9 months ago
ވަރަށް ރަގަޅު ވާހަކަފުޅެއް.. މީގެ އިތުރުން ގުޅުން ބަދަހިކުރުމާއި ތަޖްރިބާ ހޯދުމުގެ ނަމުގައި ސިޓީ ކައުންސިލްތަކުގެ މެމްބަރުން އެއް އަތޮޅުން އަނެއް އަނެއް އަތޮޅަށް އެބަ ދަތުރުކުރޭ، ހާޞިލުވާ އެންމެ ކަމެއްވެސް ނުހުރޭ. ގިނަ ރަށްރަށަށް ދާއިތު ކައުންސިލަރުން ތިބެނީ ދެއަށް އުރާލައިގެން ކޮފީ ހަޓްތަކުގައި މީހުންނާ ޒުވާބު ކުރަން.
Comment