1 ޖުލައި 2024 - 04:32 0
ކްރިމިނަލް ކޯޓު
1 ޖުލައި 2024 - 04:32 0
ސިހުރު ހެދިކަމުގެ ތުހުމަތުކޮށް ހައްޔަރުކޮށްފައި ހުރި އެންވަޔަރަމެންޓު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލުކުރި އަޑުއެހުން ސިއްރުކޮށްފި އެވެ.
އެ އަޑުއެހުން ސިއްރުކުރި ސަބަބެއް ކަމަށް ބުނީ "މައްސަލައިގެ ބާވަތުން ސިއްރު ކުރީ" ކަމަށެވެ.
ޝަމްނާޒުގެ މައްޗަށް ތުހުމަތު ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތެވެ.އެ މައްސަލައިގައި ޝަމްނާޒުގެ އިތުރުން އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮ، ހައްވާ ސަނާ ސަލީމް އާއި ސިހުރު ހެދި ކަމަށް ތުހުމަތުކުރާ ތ. ކިނބިދޫ ސަމީރު ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށެވެ.
ނަމަވެސް ތުހުމަތާ ގުޅޭ ގޮތުން އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.
ޝަމްނާޒު އާއި އޭނާގެ ކޮއްކޮ ހައްޔަރު ކުރީ ޖޫން 23 ވަނަ ދުވަހު އެވެ. އެ ދެ މީހުންގެ ބަންދަށް ޖަހާފައިވާ ހަތް ދުވަހުގެ މުއްދަތު މިއަދު ހަމަވާނެ އެވެ.
ގާނޫނު އަސާސީގެ 49 ވަނަ މާއްދާ ގައި ބުނެފައިވަނީ މައްސަލައެއްގައި ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެ ކަމަށްޓަކައި، ނުވަތަ ފިލައިފާނެ ކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ، އެއްވެސް މީހަކާ މެދު ޝަރީއަތުން ހުކުމް ކުރުމުގެ ކުރީން އެ މީހަކު ބަންދުގައި ބަހައްޓައިގެނެއް ނުވާނެ ކަމަށެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment