Advertisement

ސިހުރު މައްސަލަ: ހައްޔަރުކުރި ޝަމްނާޒްގެ ކޮއްކޮއަކީ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް

28 ޖޫން 2024 - 07:45 0

ނިމާ ހަސަން

ނިމާ ހަސަން

ފުލުހުންގެ މައި އިދާރާ


ސިހުރު މައްސަލަ: ހައްޔަރުކުރި ޝަމްނާޒްގެ ކޮއްކޮއަކީ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއް

28 ޖޫން 2024 - 07:45 0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ "ގާތްވުމަށް" ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހައްވާ ސަނާ ސަލީމް އަލީއަކީ ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި މީހެއްކަން އެނގިއްޖެ އެވެ.

ސަނާއަކީ މި މައްސަލައިގައި ހިމެނޭ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒްގެ ކޮއްކޮ އެވެ. ސަނާ ހުރީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައި ކަން 'އަދަދު' އަށް ކަށަވަރުކުރެވިފައިވެ އެވެ.

ސިހުރު ހެދި ކަމުގެ ތުހުމަތުގައި މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކުރީ ޝަމްނާޒާއި, ސަނާގެ އިތުރުން ސިހުރު ހެދި ކަމަށް ބުނާ މީހާ އެވެ.

އާދިއްތަ ދުވަހު ޝަމްނާޒް ހައްޔަރު ކުރުމުގެ ކުރިން، ޝަމްނާޒް އާއި ސަނާ ދިރިއުޅެމުންދިޔަ އެޕާޓްމެންޓު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސް ކުރި އެވެ. އެ ގެއިން ބައެއް ތަކެތި ވެސް ފުލުހުން ގެންދިޔަ އެވެ. ޝަމްނާޒުގެ ފޯނު ވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

ޝަމްނާޒް ހައްޔަރު ކުރި ފަހުން, އޭނާ އާއި އޭނާގެ ކުރީގެ ފިރިމީހާ، ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފަ އެވެ. ނަމަވެސް، އެންވަޔަރަމަންޓް މިނިސްޓްރީގެ ވެބްސައިޓުން ދައްކަނީ ޝަމްނާޒް އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

ޝަމްނާޒު އާއި ރަމީޒު ސަސްޕެންޑު ކުރި ކަމަށް ހާމަކުރި ނަމަވެސް، ސަނާއާމެދު ފިޔަވަޅެއް އެޅިކަން އަދި ހާމައެއް ނުކުރެ އެވެ.