ރިޔާސީ ވައުދާ ހިލާފަށް ޓެކްސް ރޭޓުތައް ބޮޑުކުރާތީ އާންމުން ރަތަށް

ރައީސް މުއިއްޒު އެމަނިކުފާނުގެ އޮފީހުގައި. ސަރުކާރުން ވެފައިވާ ވައުދުތަކާ ހިލާފަށް ޓެކްސް ރޭޓު ބޮޑުކުރާތީ އާންމުން ވަނީ ރުޅި އައިސްފައި --- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އެމަނިކުފާނުގެ އޮފީހުގައި. ސަރުކާރުން ވެފައިވާ ވައުދުތަކާ ހިލާފަށް ޓެކްސް ރޭޓު ބޮޑުކުރާތީ އާންމުން ވަނީ ރުޅި އައިސްފައި --- ފޮޓޯ: ރައީސް އޮފީސް

"މިހާރުގެ ޓެކްސް ބޭސް ފުޅާކުރާނަން. އޭގެ މާނައަކީ މިހާރު ނުނިމިހުރި ރިސޯޓުތައް މިސާލަކަށް ދަންނަވާނަމަ ނިންމޭނޭ. އޭގެ އިތުރުން ލިބެން ހުރި ފައިސާ އެހެން އިގުތިސޯދު [މަސައްކަތްތައް] ތެރެއިން, ހާއްސަކޮށް މަސްވެރިކަމުގެ ދާއިރާއިން ލިބޭ ގޮތް ހަދާނަން."

މިއީ "ސަންގު ޓީވީ" އިން ސެޕްޓެމްބަރު 2, ގައި ބޭއްވި "ސަންގު ބަހުސް" ޕްރޮގްރާމްގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ޖަވާބެވެ.

އޭގެ ހަތަރު ދުވަހެއްހާ ކުރިން ރާއްޖޭގެ އޮންލައިން މީީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އޭރުގެ މޭޔަރަކަށް ހުންނެވި ރައީސް މުއިއްޒު ވަނީ "ޓެކްސްގެ އެއްވެސް ސީލިންއެއް ބޮޑުކޮށް, ޓެކްސް ބޮޑުކޮށް" ހެދުމަށް ގަސްތު ނުކުރާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ހަތް މަސް ނުވަނީސް އެމަނިކުފާނު ވިދާޅުވެފައިވާ ގޮތާއި މުޅިން ހިލާފަށް ޓެކްސް ރޭޓުތަކާ "ކުޅެން" ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މިއަހަރުގެ ތެރޭގައި އެއާޕޯޓުގެ ހިދުމަތްތަކުން ނަގަމުންދާ ޓެކުހާއި ފީތައް ބޮޑުކުރުމާއި އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ދަށުން ޑިއުޓީ މާފުކުރާ އައިޓަމްތައް ރިވިއުކުރާނެ އެވެ.

"ކޮވިޑްގެ އާލަމީ ވަބާގައި ރާއްޖެއާ މުޅި ދުނިޔެ ފުރަބަންދަކަށް ގޮސް، ބޯޑަރުތައް ބަންދުކުރި އިގްތިސާދީ އެންމެ ނާޒުކު ހާލަތުގައިވެސް، ހަރަދު ކުޑަކުރަން ކަނޑާލީ ސިޔާސީ މަގާމުތަކާއި ބޮޑެތި މުސާރަ ލިބޭ މަގާމުތަކުގެ މުސާރައިން. މިހާރު މިފެންނަނީ އެންމެ އާދައިގެ މަސްވެރިޔާއިން ފަށާ ތަން," އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އެކްސްގައި ވިދާޅުވެފައިވެ އެވެ.

އެއަށްފަހު އަންނަ އަހަރު ގްރީން ޓެކްސް ރޭޓް ރިވިއު ކުރުމާއި, ޖީއެސްޓީ ނަގާ މުދާ އިތުރުކުރުމާއި ރޭޓު ބޮޑުކުރުމާއި, އިމްޕޯޓް ޑިއުޓީ ރޭޓުތައް ބޮޑުކުރުން އަދި ޓެލެކޮމް އޮޕަރޭޓަރުން ދައްކަން ޖެހޭ ކޯޕަރޭޓް އިންކަމް ޓެކްސް ބޮޑުކުރަން ވަނީ ނިންމާފަ އެވެ.

"ހަތް މަސް ވީއިރު މާލީ ހާލަތު ރަނގަޅުކުރަން ފިޔަވަޅެއް ނާޅާ، އިންތިހާއަށް ހަރަދު ބޮޑުކޮށް ސަރުކާރު ހިންގަމުން، އިތުރަށް ފައިސާ ހޯދަން ނޭނގި، ދައުލަތް ބަނގުރޫޓްވާ ހިސާބަށް ދިޔުމުން ކުރީ ސަރުކާރޭ ކިޔޭކަށް ނެތް. ދެން ވެސް އޮތީ އަވަސް ފިޔަވަޅު އެޅުން," އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ހުސައިން އަމްރު އެކްސްގައި ވިދާޅުވެފައިވެ އެވެ.

ޓެކްސް ބޭސް ބޮޑުކުރުމުގެ އިތުރުން ޓެކްސް ރޭޓުތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމި ނިންމުމާއެކު އާންމުންގެ ރުޅިގަނޑު ފަޅައިގެން ގޮސް ސަރުކާރަށް ނުރުހުން ވަނީ އަމާޒުވެފަ އެވެ. ގިނަ ބަޔަކު ދަނީ ސަރުކާރުން ހާމަކުރި މި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

"ސިޔާސީ މީހުން ނިންމާ ތާކުންތާކު ނުޖެހޭ ނިންމުންތަކުގެ ޒިންމާ އުފުލަން ޖެހެނީ އާންމު ރައްޔިތުން. މެންބަރުންގެ އާދަޔާ ހިލާފު ބޮޑު މުސާރަތަކާއި ކުރީގެ މެންބަރުންނާއި ރައީސުންނަށް ދޭ އިނާޔަތްތަކާއި އަދި އެތައް ސަތޭކަ ސިޔާސީ މުވައްޒަފުންނަށް ކުރާ ހޭދަތައް ބޮޑު," އެކަމުގައި ހިޔާލު ފާޅުކުރި މީހަކު ލިޔެފައިވެ އެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުވެފައިވާއިރު އެފަދަ މަގާމުތަކުގައި ތިބީ ކިހާ އަދަދެއްގެ މީހުން ކަމެއް އެނގެން ނެތެވެ. އެ އަދަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ވެސް ސަރުކާރުން ހިއްސާނުކުރެ އެވެ.

"ޖީއެސްޓީ ބޮޑު ކުރުމަކީ ހަމަ ހުރެފަ ކޮށްލާވަރަށް ވުރެ ބޮޑު ކަމެއް، ގައުމީ އުފެއްދުންތެރިކަން އިތުރުކޮށް ސަރުކާރުގެ ރިކަރަންޓް ހަރަދުތައް ކުޑަކުރުން މުހިންމު، ބޭކާރު ހަރަދު މަދުކުރަން ޖެހޭ، ޖީއެސްޓީ އަކީ އެންމެ ނިކަމެތި ރައްޔިތު މީހާގެ ޖީބައްވެސް ބުރަޔަކަށް ވާނެ ކަމެއް," ސަރުކާރުގެ ނިންމުމާ ގުޅިގެން ހދ. ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުހައްމަދު އެކްސްގައި ވިދާޅުވެފައިވެ އެވެ.

ސަރުކާރުގެ މި ނިންމުމަކީ ނިކަމެތި ރައްޔިތު މީހާއަށް ބޮޑު ބުރައެއް އުފުލަން ޖެހޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެ އެެވެ. އަންނަ އަހަރު މި ފިޔަވަޅުތައް އަޅަން ނިންމާއިރު އޭގެ ކުރިން ސަރުކާރުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ހުރި ކަމަށް އާންމުން ދެކެ އެވެ.

"އިނދަޖެހުނަސް ސިޔާސީ ބޭކާރު ހަރަދުތައް ހުއްޓާނުލާތި. ރައްޔިތުން ފެލާލާ."

މިކަމުގެ ސަބަބުން ވިޔަފާރިވެރިން އިތުރަށް ފައިސާ ހޯދާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެއީ ތަކެތީގެ އަގުތައް އަތްނުފޯރާ ފަށަށް ދާނެ ކަމަށް މިހާރު ވެސް އާންމުން ދަނީ ބުނަމުންނެވެ.

"ވިޔަފާރިވެރިންނަކަށް ގެއްލުމެއް ނެތް. ޑިއުޓީ އާއި ޖީއެސްޓީ އާއެކު އެއްޗެހީގެ އަގުވެސް ބޮޑުކުރާނެ. ހުރިހާ ބުރައެއް އާންމު ރައްޔިތު މީހާއަށް," އިތުރު މީހަކު ލިޔެފައިވެ އެވެ.

"ރައްޔިތުންނަށް ލިބޭ އެއްޗެއް އިތުރު ނުވެ އަނެއްކާ ވެސް ޓެކްސް ބޮޑުކުރަން. މިއީ ގައިމު މިކަން ނުކުރަން ވައުދުވި މީހުން."

މައިގަނޑު ގޮތެއްގައި ސަރުކާރުން ނިންމާފައިވާ ނިންމުމާ މެދު އާންމުން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ. އެގޮތަށް ސަރުކާރުން އަމަލުކުރަން ޖެހޭނީ ފުރަތަމަ މައި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ފަހު ކަމަށް އާންމުން ދަނީ ބުނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox