Advertisement

އީދު މިސްކިތުން ވައްކަން ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

25 ޖޫން 2024 - 10:31 0

ނިމާ ހަސަން

ނިމާ ހަސަން

މާލޭ މިސްކިތެއް; މިސްކިތަކުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފައިވޭ -- ފޮޓޯ: އަދަދު


އީދު މިސްކިތުން ވައްކަން ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

25 ޖޫން 2024 - 10:31 0

މާލޭ އީދު މިސްކިތުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާފަންނުގައި ހުންނަ އީދު މިސްކިތުން ވައްކަން ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މާލޭ މިސްކިތަކުން ވައްކަން ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށް, ބަންދުކޮށްފައިވާއިރު, މިއަހަރުގެ މިހާތަަނަށް މާލޭ މިސްކިތްތަކުން ވައްކަން ކުރުމުގެ 21 މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.

މިސްކިތްތަކުން ވައްކަން ކުރި 21 މައްސަލައެއް ރިޕޯޓު ކޮށްފައިވާއިރު، އީދު މިސްކިތުން މިމަހު އެކަނިވެސް 10 ފަންކާ ވަގަށް ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. ސިޓީ ކައުންސިލުން އެ މައުލޫމާތު އާންމު ކުރިތާ 12 ގަޑިއިރު ވެސް ނުވަނީސް ވަނީ އީދު މިސްކިތުން އިތުރު ފަންކާއެއް ވަގަށް ނަގައިފަ އެވެ.

އެ މިސްކިތުގެ ވީޑިއޯ ފުޓޭޖާއެކު ސިޓީ ކައުންސިލުން ވަނީ އެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފަ އެވެ.