Advertisement

ފަތުރަމުންދާ ވީޑިއޯއިން ފެންނަނީ ފަލާހު ނޫން ކަމަށް ބުނެ “ކުރުސީ”އަށް ފިޔަވަޅު އަޅަން ޕީއެންސީއިން ގޮވާލައިފި

24 ޖޫން 2024 - 19:18 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޕީޖީ ލީޑަރު ފަލާހު އަދި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ބައެއް މެންބަރުން: ފަތުރަމުންދާ ވީޑިއޯއިން ފެންނަނީ ފަލާހު ނޫން ކަމަށް ބުނެ ކުރުސީއަށް ފިޔަވަޅު އަޅަން ޕީއެންސީއިން ގޮވާލައިފި - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ފަތުރަމުންދާ ވީޑިއޯއިން ފެންނަނީ ފަލާހު ނޫން ކަމަށް ބުނެ “ކުރުސީ”އަށް ފިޔަވަޅު އަޅަން ޕީއެންސީއިން ގޮވާލައިފި

24 ޖޫން 2024 - 19:18 0

ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވީޑިއޯ އިން ފެންނަނީ އޭނާ ނޫން ކަމަށް ބުނެ އެ ޕާޓީން މިއަދު ބަޔާނެއް ނެރެފި އެވެ.

އެއް ޖިއްސުން ގުޅުން ހިންގާ މަންޒަރު ފެންނަ އެ ދެ ވީޑިއޯ އިން ފެންނަނީ ފަލާހު ކަމަށް ބުނެ ސޯޝަލް މީޑިއާ ޕްލެޓްފޯމު އެކްސްގައި މިއަދު ޕޯސްޓުކޮށްފައި ވަނީ ކާކުކަން ނޭނގޭ ގޮތަށް ހިންގާ "ހަސަން ކުރުސީ" ގެ އެކައުންޓުންނެވެ. ޕީއެންސީން ވަނީ ކުރުސީއަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލާފަ އެވެ.

ވެރިކަން ކުރާ ޕާޓީން މނެރުނު ބަޔާނުގައި ބުނީ، ފަލާހުގެ އަބުރަށް އަރައިގަނެ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ސޯޝަލް މީޑީއާގައި ފަތުރަމުން ގެންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވީޑިއޯ ނުވަތަ ފޮޓޯގައިވާ ފަރާތަކީ ކޮންގްރެސް ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ނޫންކަން މީގެ ދެ އަހަރު ކުރިން ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ކަށަވަރުކޮށްދީފަ،" ޕީއެންސީއިން ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް ފަލާހު އަށް ތުހުމަތުކޮށް މި ދެ ވީޑިއޯގެ ސްނެޕްޝޮޓުތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.

ޕީއެންސީން ބުނީ މިފަހަރު މި ވީޑިއޯތަކާއި ފޮޓޯތައް ފަތުރަން ފެށީ ކުރުސީ އެކައުންޓުން ކަމަށް ބުނެފަ އެވެ. އެ ޕާޓީ އިން ސިފަކުރާ ގޮތުގައި މިއީ ފިތުނަ އުފެއްދުމާއި އަބުރު ކަތިލުމުގު އަމަލެކެވެ.

"މިފަދަ ހަގީގަތާއި ހިލާފު ދޮގު ވާހަކަ ދައްކާ ފަތުރާ ފިތުނަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކުގެ މައްސަލަ ބަލާ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ގޮވާލަން،" ބަޔާން ނިންމާލަމުން ޕީއެންސީއިން ބުނެފައިވެ އެވެ.

މި ވީޑިއޯތައް އާންމުވުމާއެކު ގިނަ ބަޔަކު ދަނީ ފަލާހު ޕީޖީ ލީޑަރު ކަމުން އަދި މަޖިލިސް މެންބަރު ކަމުން ދުރުކުރަން ޖެހޭ ކަމަށް ބުނެ ފާޑުކިޔަމުންނެވެ.