Advertisement

މައުލޫމާތު ހިއްސާކުރަން އަމިއްލައަށް އެދިގެން ޕީޖީން ޖުޑީޝަރީ ކޮމެޓީއަށް ހާޒިރުވަނީ

24 ޖޫން 2024 - 14:54 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި ޝަމީމް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: އަދަދު


މައުލޫމާތު ހިއްސާކުރަން އަމިއްލައަށް އެދިގެން ޕީޖީން ޖުޑީޝަރީ ކޮމެޓީއަށް ހާޒިރުވަނީ

24 ޖޫން 2024 - 14:54 0

ކުރިއަށް އޮތް ފަސްއަހަރު ތެރޭގައި މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ހާސިލު ކުރަން ބޭނުންވާ ކަންތައްތަކާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މަސައްކަތްތައް މިހާރު ހުރިނެތް ގޮތުގެ މައުލޫމާތު ދޭން ޕްރޮސެކިއުޓާ ޖެނެރަލް، ހުސެއިން ޝަމީމް އެ ކޮމެޓީއަށް ހާޒިރުވުމުގެ ފުރުސަތު ދޭން އެ ކޮމެޓީން މިއަދު ނިންމައިފި އެވެ.

ޖުޑީޝަރީ ކޮމެޓީއަށް ހާޒިރުވެ މައުލޫމާތު ބަދަލު ކުރުމުގެ ފުރުސަތަކަށް އެދި ޕީޖީ އޮފީހުން ފޮނުވި ސިޓީގައި ވާގޮތަށް ކޮމެޓީއަށް ހާޒިރުވުމުގެ ފުރުސަތު ދޭން ނިންމީ މިއަދު ކޮމެޓީއަށް ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ޖުޑީޝަރީ ކޮމެޓީއަށް ހާޒިރުވުމަށް އެދި ޕީޖީ އޮފީހުން ފޮނުވި ސިޓީގައި ބުނެފައި އޮތީ ކުރިއަށް އޮތް ފަސްއަހަރު ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ބައްޓަން ކުރަން ބޭނުންވާ ގޮތާއި އެ ތަސައްވުރަށް ވާސިލުވުމަށް ޕީޖީ އޮފީހުން ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ބަދަލު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެ އޮފީހުން ގަބޫލު ކުރާ ގަބޫލު ކުރާ ކަމަށެވެ.

އެކަންކަން ހާސިލު ކުރުމަށް އަމާޒު ހިފާއިރު، ޖިނާއީ އަދުލުގެ ނިޒާމު މިހާރު އޮތް ގޮތާއި ޖިނާއީ އަދުލުގެ ނިޒާމާ ބެހޭގޮތުން ޕީޖީ އޮފީހަށް ފެންނަ މަންޒަރު ޖުޑީޝަރީ ކޮމެޓީއާ ހިއްސާ ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށް ވައުދުތަކާއެކު އެވެ. އެ ވައުދުތައް ހަގީގަތަކަށް ހެދުމުގެ ގޮތުން މަޖިލީހުގެ ތެރެއިން ވެސް މުހިންމު މަސައްކަތްތަކެއް ކުރުމަށް ވެރިކަން ކުރާ ޕީއެންސީން ވަނީ ނިންމައިފަ އެވެ.