Advertisement

ސޯމާލިއާގެ ތިން މީހުންނާއެކު ނ. އަތޮޅުގެ ރަށަކަށް ޑިންގީއެއް ލައްގައިފި

22 ޖޫން 2024 - 11:53 2

ސޯމާލިއާގެ ތިން މީހުން ވަވަތިގައި މަޑުކޮށްލައިގެން. މީގެކުރިން ވެސް އެ ގައުމުގެ މީހުން ރާއްޖެއަށް ލައްގާފައި އެބަހުރި


ސޯމާލިއާގެ ތިން މީހުންނާއެކު ނ. އަތޮޅުގެ ރަށަކަށް ޑިންގީއެއް ލައްގައިފި

22 ޖޫން 2024 - 11:53 2

ސޯމާލިއާއަށް ނިސްބަތްވާ ތިން މީހުންނާއެކު ނ. ވަވަތިއަށް ޑިންގީއެއް ލައްގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ވަނީ އެ މީހުން އެ ރަށަށް ލެއްގީ މިއަދުކަން ކަށަވަރުކޮށްދީފަ އެވެ. ނ. ވަވަތިއަކީ ދިގު މުއްދަތަކަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައި އޮތް ރަށެކެވެ.

އެ ތިން މީހުންގެ ފޮޓޯއެއް ވެސް ފުލުހުން ހިއްސާކުރިއިއިރު އެ ތިން މީހުންގެ ވެސް ހާލަތު ގޯސް ނޫން ކަމަށް ފޮޓޯއިން އެނގެ އެވެ. އެ މީހުން ދަތުރުކުރަމުންދިޔައީ އައުޓްބޯޑް އިންޖީނެއް އަޅާފައި އޮތް ކުޑަކުޑަ ޑިންގީއަކުންނެވެ.

އެ ތިން މީހުން ވެސް މިވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

އެ މީހުން ދުއްވި ޑިންގީ


ސޯމާލިއާއަކީ ރާއްޖޭގެ ހުޅަނގުން ގާތްގަނޑަކަށް 3,000 ކިލޯމީޓަރު ދުރުމިނުގައި އޮތް ގައުމެއް ކަމަށްވާއިރު ރާއްޖެއަށް އެ މީހުން ލެއްގީ ބެހިގެން ކަމަށް ބެލެެވެ އެވެ. އެފަދަ ކުޑަ ޑިންގީއެއްގައި ރާއްޖެއަށް ދަތުރުކުރުމަކީ ގޮންޖެހުން ބޮޑު ނުރައްކާތެރި ކަމަކަށް ވާނެ އެވެ.

މީގެކުރިން ވެސް ސޯމާލިއާއަށް ނިސްބަތްވާ މީހުން ޑިންގީތަކާ އެކު ރާއްޖެއަށް ލައްގާފައި އެބަހުއްޓެވެ. އެ ގައުމުގެ ކަނޑުގެ ސަރަހައްދަކީ ކަނޑުފޭރޭ މީހުން ގިނަ ނުރައްކާތެރި ކަނޑުގެ ސަރަހަދެއްގެ ގޮތުގައި މަޝްހޫރު ތަނެކެވެ.