Advertisement

މާރާމާރީތަކާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ތަހުގީގު ނިމެންދެން ބަންދަށް

16 ޖޫން 2024 - 20:02 0


މާރާމާރީތަކާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ތަހުގީގު ނިމެންދެން ބަންދަށް

16 ޖޫން 2024 - 20:02 0

ރޭގެ ވަގުތެއްގައި ހެންވޭރު ދަރުބާރުގެ ކައިރީގައި ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ތަހުގީގު ނިމެންދެން ބަންދުކޮށްފި އެވެ.

ރޭގެ 10:30 ހާއިރު ހިންގި މި މާރާމާރީއާ ގުޅިގެން ރޭ ދެ މީހުން ހައްޔަރުކުރި އެވެ. އަދި، މިއަދު ދެ މީހުން ހައްޔަރުކޮށް އެ މައްސަލައިގައި ހަތަރު މީހުން ތިބީ ފުލުހުންގެ ބަންދުގަ އެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ނިންމީ ތަހުގީގު ނިމެންދެން ބަންދު ކުރުމަށް ކަމަށް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވެ އެވެ.

ރޭގެ މާރާމާއިގައި އެކަކަށް އަނިޔާވި އެވެ. އޭގެ ފަހުން މާލެ ސަރަހައްދުގައި ސިލްސިލާ މާރާމާރީތަކެއް ވަނީ ހިންގާފަ އެެވެ ފުލުހުން އަންނަނީ މި މައްސަލަތައް ތަހުގީގުކޮށް ހައްޔަރުކުރަން ޖެހޭ މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.