14 ޖޫން 2024 - 23:52 0
14 ޖޫން 2024 - 23:52 0
ރާއްޖޭގެ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބަޓަފްލައި އިވެންޓްގެ ގައުމީ ރެކޯޑް މެރާލް އައިން ލަތީފް އާކޮށްފި އެވެ.
މި ރެކޯޑް ކުރިން ވެސް އޮންނަ މެރާލް ގައުމީ ރެކޯޑް އާކުރީ ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އެ ގައުމުގެ 19 ވަނަ ގައުމީ ފެތުމުގެ މުބާރާތުގަ އެވެ.
މެރާލް، ކުރީގެ ޓައިމިން ފަހަތަށް ޖައްސައިލައި، އަލުން ގައުމީ ރެކޯޑް ހެދީ 01:13.96 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.
މި ރެކޯޑް ކުރިން މެރާލް ހެދީ 2023 ވަނަ އަހަރު، ޗައިނާގައި ކުރިއަށްދިޔަ 19 ވަނަ އޭޝިއަން ގޭމްސްގަ އެވެ. އެ ފަަހަރު ރެކޯޑް ހެދީ 01:13.99 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.
މެރާލް ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ގިނަ އަހަރުތަކެއްވީ ގައުމީ ރެކޯޑްތަކެއް ވެސް މުގުރާލާފަ އެވެ. އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ މިޑްފީލްޑް އެންޑް ސްޓްރީޓް ކައުންޓީ ކޮލިފަޔާގައި ވާދަކޮށް އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު، 100 މީޓަރު އަދި 200 މީޓަރު ބަޓަފްލައި އަދި 200 މީޓަރ މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް އެވެ.
މީގެ ފަސް ވަރަކަށް ދުވަސް ކުރިން، 15 ވަނަ ދުވަސް ފާހަގަކުރި މެރާލް އަކީ މި ފަހަރުގެ އޮލިމްޕިކްސް އިން ފުރުސަތަަކަށް މަސައްކަތް ކުރަމުން އަންނަ އެތުލީޓެެކެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment