Advertisement

ޔުނައިޓެޑުން ބޭނުންވަނީ 50 މިލިއަން ޑޮލަރަށް ސަންޗޯ ވިއްކާލަން

10 ޖޫން 2024 - 14:15 0


ޔުނައިޓެޑުން ބޭނުންވަނީ 50 މިލިއަން ޑޮލަރަށް ސަންޗޯ ވިއްކާލަން

10 ޖޫން 2024 - 14:15 0

މެންޗެސްޓާ (ޖޫން 10) - މެންޗެސްޓާ ޔުނައިޓެޑްގެ ކޮންޓުރެކްޓްގައި ހުރި އިންގްލެންޑްގެ ވިންގް، ޖޭޑަން ސަންޗޯ، 40 މިލިއަން ޕައުންޑް (50 މިލިއަން ޑޮލަރު)ގެ އަގަކަށް ވިއްކާލުމަށް އެ ކްލަބުން ނިންމައިފި އެވެ.

ޔުނައިޓެޑްގެ ކޯޗު، އެރިކް ޓެން ހާގްއާ މައްސަލަ ޖެހި، މިދިޔަ ސީޒަންގެ ފަހުބައި ސަންޗޯ ލޯނު އެއްބަސްވުމެއްގެ ދަށުން ހޭދަކުރީ އޭނާ ކުރިންވެސް ކުޅުނު ކްލަބު ކަމަށްވާ ބޮރޫޝިއާ ޑޯޓްމަންޑްގަ އެވެ.

ޑޯޓްމަންޑްގައި ސަންޗޯ ވަނީ ފޯމަކަށް އެޅިފަ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޑޯޓްމަންޑް ދަތުރުކުރިއިރު، އެ މުބާރާތުގައިވެސް ސަންޗޯ، 24، ގެ ކުޅުން ފާހަގަވިއެވެ.

ޔުނައިޓެޑްގެ ކޯޗު ޓެން ހާގްގެ މުސްތަގްބަލާމެދު ވަނީ ސުވާލު އުފެދިފަ އެވެ. އެކަމަކު، ރިޕޯޓްތައް ބުނާގޮތުގައި ޓެން ހާގް މަގާމުން ވަކިކުރިޔަސް، ޔުނައިޓެޑުން ސަންޗޯ ބަހައްޓާކަށް ބޭނުމެއްނުވެ އެވެ. ޔުނައިޓެޑާ އެކު ސަންޗޯ ހަދާފައިވާ ކޮންޓުރެކްޓްގައި ބާކީ ދެ އަހަރު އެބައޮތެވެ.

ސަންޗޯ ގެންނަން ޑޯޓްމަންޑް އިން ބޭނުންވެ އެވެ. އެކަމަކު އެ ކްލަބުން މަސައްކަތްކުރަނީ އަނެއްކާ ވެސް ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ގެންނާށެވެ. އެއީ ސަންޗޯ ވިއްކާލަން ޔުނައިޓެޑުން ކިޔާ، 50 މިލިއަން ޑޮލަރުގެ ފީ ބޮޑުވުމުންނެވެ.

އެހެން ނަމަވެސް، ފައިނޭންޝަލް ފެއާ ޕްލޭ (އެފްއެފްޕީ) ގަވައިދުގެ ސަބަބުން މި ޓްރާންސްފާ ބާޒާރުގައި ހަރަދުކުރުމަށް ދަތިވާނެތީ، ޔުނައިޓެޑުން ބޭނުންވަނީ ކުޅުންތެރިން ވިއްކައިގެން ފަންޑް ހޯދުމަށެވެ.