Advertisement

ފުޑް ކޯޓު ކައިރި ހުރި މަގުބައްތިތަކާއި ސިނަމާލެ ތިިނެއްގެ ފެން މޯޓަރުގެ ކޭބަލް ވަގަށް ނަގައިފި

9 ޖޫން 2024 - 13:22 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ސިނަމާލެ ފުލެޓުތައް: އެ ތަނުގެ ފެން މޯޓަރު ކޭބަލް ރޭ ވަނީ ވަގަށް ނަގާފަ - ފޮޓޯ: އަދަދު


ފުޑް ކޯޓު ކައިރި ހުރި މަގުބައްތިތަކާއި ސިނަމާލެ ތިިނެއްގެ ފެން މޯޓަރުގެ ކޭބަލް ވަގަށް ނަގައިފި

9 ޖޫން 2024 - 13:22 0

މާލޭ ފުޑްކޯޓު ކައިރި ހުރި މަގުބައްތިތަކަކާއި ސިނަމާލެ 3 ފްލެޓުތަކުގެ ފެން މޯޓަރުގެ ކަރަންޓު ކޭބަލްތައް ވަގަށް ނަގައިފި އެވެ.

މި ދެ ހާދިސާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވަނީ މާލެ ސިޓީ ކައުންސިލުންނެވެ. ނަމަވެސް މި ދެ ހާދިސާއާ ގުޅިގެން ފުލުހުން އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.

މާލެ ސިޓީ ކައުންސިލުން ފުރަތަމަ ކުރި ޕޯސްޓުގައި ބުނެފައިވަނީ ވަގަށް ގެންގޮސްފައިވަނީ އިއްޒުއްދީންމަގުގައި ފުޑްކޯޓު ކައިރި ހުރި ލައިޓްތަކުގެ ކޭބަލްތައް ކަމަށެވެ. އަދި ލައިޓްތަކަށް އަލުން ކޭބަލް ގުޅާ ދިއްލުމުގެ މަސަައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

މިއަދު ހެދުނު ކުރި އިތުރު ޕޯސްޓެއްގައި ކައުންސިލުން ވަނީ ކައުންސިލްގެ މުވައްޒަފުން އަލުން ކޭބަލްއެޅުމުގެ މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ.

ސިނަމާލެ ތިނެއްގެ ފެންމޯޓަރު ކޭބަލް ވަގަށް ނެގި ވާހަކަ ހިއްސާކުރަމުން މާލެ ސިޓީ ކައުންސިލުން ވަނީ ފުލުހުންގެ ސޯޝަލް މީޑިއާ އެކައުންޓު ޓެގުކޮށް މައްސަލަ ބަލައި ދިނުމަށް އެދިފަ އެވެ. އެ މައްސަލަ ރޭ ވަނީ ހައްލުކޮށްފަ އެވެ.

"މިކަމުގެ ސަބަބުން އެތަނުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ގިނަ ދަތިތަކާއި ދިމާވި، މި މައްސަލަ މިހާރުވަނީ ހައްލުކުރެވިފައި، މިފަދަ ކަންތައް ކުރާ ފަރާތަށް ހޯދާ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ،" ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.

މި ފަހަކަށް އައިސް ކަރަންޓު ކޭބަލްތައް ވަގަށް ނެގުން ވަނީ އާންމުވެފަ އެވެ. މި އަހަރުގެ ކުރީކޮޅު ހުޅުމާލޭގައި ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ވަނީ ކަރަންޓުގައި ޖެހިގެން މަރުވެސްވެފަ އެވެ.