3 ޖޫން 2024 - 07:10 0
ލީވާން އަލީ ނާސިރު
އަހްމަދީނިޖާދް: އޭނާ ވެރިކަން ކުރެއްވީ 2005 އިން 2013 އަށް -- ފޮޓޯ: ގެޓީ
3 ޖޫން 2024 - 07:10 0
އިރާނުގެ ރައީސް ކަމަށް އެ ގައުމުގެ ކުރީގެ ރައީސް މަހްމޫދު އަހްމަދީނިޖާދް ވާދަކުރައްވަން ހުށަހަޅުއްވައިފި އެވެ.
ޖޫން 28، ގައި ބާއްވާ އިރާނުގެ ރިޔާސީ އިންތިހާބުގައި އަހްމަދީނިޖާދްއަށް ވާދަކުރެއްވޭނެކަން ކަށަވަރުވާނީ ގާޑިއަން ކައުންސިލުން ކެންޑިޑެންސީއާމެދު ގޮތެއް ނިންމުމުންނެވެ.
އިންތިހާބުގައި ވާދަކުރެއްވުމަށް ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ނަންތައް އިއުލާނުކުރާނީ ޖޫން 11 ގަ އެވެ.
އިރާނުގެ ރައީސް ހޮވުމަށް އާ އިންތިހާބެއް ބާއްވަން ޖެހުނީ އެ ގައުމުގެ ރައީސްކަމުގައި ހުންނެވި އިބްރާހިމް ރައީސީ ދަތުރުކުރެއްވި ހެލިކަޕްޓަރު މިދިޔަ މަހު ވެއްޓި އެ މަނިކުފާނު އަވަހާރަވުމުންނެވެ.
އިރާނުގެ ރައީސްކަން އަހްމަދީނިޖާދް ވަނީ 2005 އިން 2013 ގެ ނިޔަލަށް ކުރައްވާފަ އެވެ.
އިރާނުގެ ރައީސްކަން ވަގުތީ ގޮތުން ހަވާލުކުރައްވާފައި ވަނީ ނައިބުރައީސް މުހައްމަދު މުހްބަރްއާ އެވެ. އިންތިހާބު ބާއްވައި ނިމެންދެން މުހްބަރް ވެރިކަމުގައި ހުންނަވާނެ އެވެ.
Comment